ވިޔަފާރި

ދިވެހި ވިޔަފާރިވެރިންނަށް އުރީދޫއިން ބިޒްނަސް ފޯރަމެއް ފަށައިފި


ދިވެހި ވިޔަފާރިވެރިންނަށް
ޙާއްސަކޮށްގެން އުރީދޫން ބިޒްނަސް ފޯރަމެއް ފަށައިފިއެވެ.

ހޮޓެލް ޖެންގައި ބާއްވާ އެއް
ދުވަހުގެ މި ފޯރަމްގައި އުރީދޫގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ވިޔަފާރިވެރި
ކުރިއެރުވިދާނެ ގޮތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ކަމަށް
އުރީދޫން ބުނެއެވެ.

އުރީދޫ ބިޒްނަސް ފޯރަމް
ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެކުންފުނީގެ ސީއީއޯ ވިކްރަމް ސިންހަ
ވިދާޅުވީ އައިސީޓީ އާއި މުވާޞަލާތީ ޚިދުމަތްތަކަށް ބަލާއިރު، އުރީދޫގެ ތަޖުރިބާ ބޭނުންކޮށްގެން
އެކި ދާއިރާތަކުގައި ހިމެނޭ ވިޔަފާރިތަކަށް ބޭނުންވާ ތަފާތު ޙައްލުތައް ދެނެގަނެ،
އަލަށް ފަށައިގަންނަ ކުންފުނިތަކުން ފެށިގެން ބައިނަލްއަޤްވާމީ ބޮޑެތި
ވިޔަފާރިތަކަށްވެސް އެންމެ ފައިދާކުރާނެ ޚިދުމަތްތައް
ފޯރުކޮށްދޭން ފަސޭހަވެގެންދާނެ ކަމަށް. އަދި އުރީދޫގެ އަމާޒަކީ ކަސްޓަމަރުންގެ
ވިޔަފާރިތަކަށް ބޭނުންވާ އެއްބާރުލުންދީ، އެ ފަރާތްތަކުގެ ވިޔަފާރިތައް
ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.

އުރީދޫން
ވަނީ މި ފޯރަމްގައި އެކުންފުނީގެ ބިޒްނަސް ޕޯޓްފޯލިއޯ ތަޢާރަފްކޮށްފައެވެ.