އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގެ ކޮންފަރެންސް ސެމީ ފައިނަލުގައި މެމްފިސް ގްރިޒްލީސް އާއި ބޮސްޓަން ސެލްޓިކްސްއިން ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށް، ސީރީސް ހަމަހަމަކޮށްފިއެވެ.
ވެސްޓަރން ކޮންފަރެންސްގެ ސެމީފައިނަލްގައި ދެވަނަ ޓީމް ގްރިޒްލީސް އާއި ތިންވަނަ ޓީމް ގޯލްޑަން ސްޓެޓް ވޮރިއަރސްގެ މެދުގައި ކުޅުނު ދެވަނަ މެޗް ގްރިޒްލީސް ކާމިޔާބުކުރީ 106 ޕޮއިންޓް 101 ޕޮއިންޓުންނެވެ. މިކާމިޔާބީއާއެކު މިހާރު މިސެމިފައިނަލް މިވަނީ އެއް މެޗް އެއް މެޗުން ދެ ޓީމް އެއްވަރު ވެފައެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނގެންދިޔަ މިމެޗްގައި ގްރިޒްލީސްގެ ޖާ މޮރާންޓްވަނީ 47 ޕޮއިންޓް ހޯދާދީ 8 ރީބައުންޑް ނަގާދީ 8 އެސިސްޓް ކޮށްފައެވެ. އަދި ވޮރިއަރސްގެ ސްޓެފަން ކަރީ ވަނީ 27 ޕޮއިންޓް ހޯދާދީ 9 ރީބައުންޑް ނަގާދީ 8އެސިސްޓް ކޮށްފައެވެ. މިދެތީމްގެ މދުގައި ކުޅޭ ތިންވަނަ މެޗް މާދަމާ ރޭ ކުޅުމަށް ހަމަޖެހިފައިވަނީ ގޯލްޑަން ސްޓޭޓްގައެވެ.
އީސްޓަރން ކޮންފަރެންސް ސެމީފައިނަލްގައި ދެވަނަ ޓީމް ސެލްޓިކް އާއި އެންމެފަހުގެ ޗެމްޕިއަން މިލްވައުކީ ބަކްސް ބައްދަލުކުރި ދެވަނަ މެޗް ސެލްޓިކުން ކާމިޔާބުކުރީ 109 ޕޮއިންޓް 86 ޕޮއިންޓުންނެވެ. މިއާއެކު މި ސެމީފައިނަލްވެސް މިވަނީ އެއް މެޗް އެއް މެޗުން ދެ ޓީމް އެއްވަރު ވެފައެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއ ފެނިގެންދިޔަ މިމެޗްގައި ސެލްޓިކްސްގެ ޖޭލެން ބްރައުންވަނީ 30 ޕޮއިންޓް ހޯދާދީ 5 ރީބައުންޑް ނަގާދީ 6 އެސިސްޓް ކޮށްފައެވެ. އަދި ބަކްސްގެ ޖިއާނިސް އެންޓެޓޮކޮއުމްޕޯވަނީ 28 ޕޮއިންޓް ހޯދާދީ 9 ރީބައުންޑް ނަގާދީ 7 އެސިސްޓް ކޮށްފައެވެ. މިދެތީމްގެ ތިންވަނަ މެޗް ކުޅެވޭނީ މާދަމާރޭ ބަކްސްގެ ކޯޓުގައެވެ.