ޚަބަރު

ނުރައްކާތެރި 2 މާރާމާރީ، 4 ޒުވާނަކަށް ފަރުވާދެނީ


މާލޭގައި ނުރައްކާތެރި މާރާމާރީތަކެއް ހިންގައި 4 ޒުވާނަކު ޒަހަމުކޮށްލައިފިއެވެ.

ފުލުހުން ވިދާޅުވީ މިއަދު މާލޭގެ ދެ ސަރަހައްދެއްގައި މާރާމާރީތަކެއް ހިނގައި އެކަމުގެ ރިޕޯޓް ލިބިފައިވާކަމަށެވެ. މީގެތެރެއިން ފުރަތަމަ މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީ 23 އަހަރުގެ ދެ ޒުވާނުން ޒަހަމްކޮށްލާފައިވާކަމަށް ފުލުހުން ބުނެއެވެ. މި ޒުވާނާއަށް އަންނަނީ އައިޖީއެމްޗުގައި ފަރުވާދެމުންނެވެ. މި މާރާމާރީ ހިނގާފައިވަނީ މާވެޔޮ މިސްކިތް ކައިރީކަމަށް ފުލުހުން ވިދާޅުވެއެވެ.

ދެން މިއަދު އަނެއް މާރާމާރީ ހިނގާފައިވަނީ ޖަނަވާރީމަގާއި މަޖީދީމަގާއި ގުޅޭ ހިސާބުގައިކަމަށް ފުލުހުން ވިދާޅުވެއެވެ. ހެނދުނު 09:17 އެހާކަންހާއިރު ހިނގި މި މާރާމާރީގެ ދެ ޒުވާނަކަށް ވަޅި ވަނީ ހަމަލާދީފައެވެ. މި ދެ ޒުވާނުންނަށްވެސް އޭޑީކޭގައި އަންނަނީ ފަރުވާދެމުންނެވެ.

މަންޒަރު ދުށް މީހަކު ބުނީ މި މާރާމާރީގައި ދެ ޒުވާނަކު ޒަހަމްކޮށްލީ 3 މީހުންގެ ގްރޫޕަކުންކަމަށެވެ. އަދި ޒަހަމްވި ޒުވާނުންގެ ގައިގެ 3 ތަނަކަށް ވަޅި ހަރާފައިވާކަމަށްވެސް އެމީހާ ބުންޏެވެ.

ފުލުހުން ވިދާޅުވީ މި ދެ މައްސަލަވެސް ތަހުޤީގުކުރަމުން އަންނަކަމަށެވެ.