ތަޢުލީމު

އޯ ލެވެލް އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށައިފި


މިދިޔަ އަހަރު އޯލެވެލް އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ ނަތީޖާތައް  ދޫކުރަން ފަށައިފިއެވެ.ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ވިދާޅުވީ ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް އޯލެވެލްގެ ނަތީޖާތައް އޮންލައިންކޮށް ފޮނުއްވާފައިވާކަމަށާއި، ދަރިވަރުންނަށް، އިމްތިހާނު ހެދި މަރުކަޒުތަކުން އިމްތިހާނުގެ ނަތީޖާތައް  މިހާރު ލިބެން ހުންނާނެކަމަށެވެ. މިދިޔަ އަހަރު 192 ސްކޫލަކުންނާއި 47 އަމިއްލަ މަރުކަޒަކުން އޯލެވެލް އިމްތިހާނުގައި ބައިވެރިވެފައިވާއިރު، މިދިޔަ އަހަރު ބޭއްވި އޯލެވެލް އިމްތިހާނުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން ހަތްހާސް ފަސްދޮޅަސް ހަ ދަރިވަރަކު ވަނީ އިމްތިހާނު ހަދާފައިވެއެވެ.