ފްރެންޗް ލީގުގެ އައު ޗެމްޕިއަނުން ކަމަށްވާ ޕީއެސްޖީގެ ފޯވާޑް ކިލިއަން އެމްބާޕޭ އާއެކު އޭނާވެސް އަންނަ ސީޒަނުގައިވެސް އެ ކުލަބުގައި މަޑުކުރާނެކަމުގެ ސައްތައިން ސައްތަ ޔަގީންކަން އެ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ދީފިއެވެ.
ޕޮޗެޓީނޯ މިކަން ހާމަކޮށްފައިމިވަނީ ޗެމްޕިއަންސް ލިގުގެ ފަހު 16 ޓީމްގެ ބުރުން އެމުބާރާތުން ކެޓުމުން ޕީއެސްޖީއިން އޭނާ މިއަންނަ ސީޒަންގައި ނުފެނިދާނެކަމަށް އަޑުފެތުރިފައިވަނިކޮށެވެ. އަދި އެމްބާޕޭ ޕީއެސްޖީ އާއެކު ހަދާފައިވާ އެއްބަސްވުން މިސީޒަނުގެ ނިޔަލަށް ހަމަވާތީ އޭނާ މިއަންނަ ސީޒަންގްއި އެކްލަބުން ނުފެންނާނެކަމަށް ގިނަ ބަޔަކު ގަބޫލް ކުރެއެވެ. އަދި ރެއާލް އާއެކު އެއްބަސްވުމަކަށް އައިސްފައިވާކަމަށްވެސް ވާހަކަ ދެކެވެއެވެ.
މިކަމާއި ގުޅިގެން ޕޮޗެޓީނޯ އާއި އެމްބާޕޭ މިއަންނަ ސީޒަންގައި ޕީއެސްޖިއިން ފެނިދާނެތޯ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެމުން ޕޮޗެޓީނޯ ބުނީ އެއީ ސައްތައިން ސައްތަ ޔަގީން ކަމެއް ކަމަށެވެ. އަދި މިއީ މިއަދު އޭނާއަށް ގަބޫލް ކުރެވޭގޮތް ކަމަށާއި މިއަދު އިތުރު އެއްޗެއް ނުބުނެވޭނެކަމަށްވެސް ވަނީ ބުނެފައެވެ.
ފުޓްބޯޅައިގައި ދެން ވާނެގޮތެއް ބުނެދޭން ނޭނގޭނެކަމަށާއި ނަމަވެސް މިހާރުގެ ހާލަތަށް ބަލާ މިވަގުތު އޭނާއަށް ގަބޫލް ކުރެވެގޮތުގައި އޭނާވެސް އަދި އެމްބާޕޭވެސް މިއަންނަ ސީޒަންގައި ޕީއެސްޖީއިން ފެންނާނެ ކަމަށް ޕޮޗެޓީނޯ ވަނީ ބުނެފައެވެ. ނަމަވެސް ޕޮޗެޓީނޯވަނީ އޭނާގެ މުސްތަގްބަލާމެދު ކްލަބްގެ އިސްވެރިން އޭނާ އާއެކު އަދި ވާހަކަ ދެކެވިފައިނުވާކަމަށްވެސް ބުނެފައެވެ.