ޚަބަރު

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ޑަބްލިއުޓީއެމް ލެޓިން އެމެރިކާގައި ބައިވެރިވެއްޖެ

ކާމިޔާބު ނެޓްވޯކިން ސެޝަންތަކާއި، ގިނަ ބައްދަލުވުންތަކަކާއެކު ޑަބްލިއުޓީއެމް ލެޓިން އެމެރިކާ ހަރަކާތް ނިންމާލިއިރު ރާއްޖޭގެ ސްޓޭންޑަށް 1500 އަށްވުރެ ގިނަ މީހުން ޒިޔާރަތްކޮށްފައިވާކަމަށް އެމްއެމްޕީއާރުސީން ހާމަކޮށްފިއެވެ.

ބްރެޒިލްގެ ސައު ޕައުލޯގައި ކުރިއަށްދިޔަ މިފެއާއަކީ ލެޓިން އެމެރިކާގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް ދުނިޔޭގެ ފަތުރުވެރިކަމާ ގުޅުން ހުރި އެކި ހިދުމަތްތައްދޭ ފަރާތްތަކާއި، އިންފްލުއެންސަރުންނާއި، ޕްރޮފެޝަނަލް ފަރާތްތައް އެއްތަނަކުން ބައްދަލުކޮށް، މަޝްވަރާކޮށް، ޕާޓްނަރޝިޕް ޤާޢިމްކޮށް، ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް ފުރުސަތު ފަހިކޮށްދޭ ހަރަކާތެކެވެ. މިއަހަރުގެ ފެއަރގައި 40 ޤައުމަކުން 565 އަށްވުރެ ގިނަ އެގްޒިބިޓަރުން ބައިވެރިވެފައިވެއެވެ.

އެމްއެމްޕީއާރުސީއާއެކު މި ހަރަކާތުގައި މިއަހަރު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ 11 އިންޑަސްޓްރީ ޕާޓްނަރުން ބައިވެރިވިއެވެ. އެމްއެމްޕީއާރުސީން މައުލޫމާތުދޭގޮތުގައި ރާއްޖެއިން ބައިވެރިވި ފަރާތްތަކާއި ބޭރުގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާ ދެމެދު ވަނީ 25 ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައިކަމަށެވެ.

މުޅި ފެއާއަށް ބަލާނަމަ ފެއާގެ ފުރަތަމަ ދެ ދުވަހު 10،725 ފަރާތުން މި ފެއާއަށް ޒިޔާރަތްކޮށްފައިވާކަމަށް އިންތިޒާމްކުރި ފަރާތުން ބުނެފައިވެއެވެ. މިއީ 2019 ވަނަ އަހަރާ އަޅާކިޔާއިރު 7.8 އިންސައްތަ އިތުރުވުމެކެވެ.

ލެޓިން އެމެރިކާގެ ބްރެޒިލް ފަދަ ޤައުމުތަކަކީ ރާއްޖެއަށް މުހިންމު މާކެޓްތަކެކެވެ. މިއަހަރުގެ ފެބްރުއަރީމަހުގެ ނިޔަލަށް ބްރެޒިލުން ވަނީ ދިވެހިރާއްޖެއަށް 4130 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިމާކެޓުތަކުގައި ރާއްޖޭގެ މަޤުބޫލުކަން ދަމަހައްޓާ އިތުރުކުރުމަށް އެމްއެމްޕީއާރުސީން ދަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.

ދުނިޔޭގެ ފެންވަރުގައި ރާއްޖެ އިޝްތިހާރުކުރުމުގެ ޒިންމާ އުފުލާ ކުންފުނީގެ ހައިސިއްޔަތުން އެމްއެމްޕީއާރްސީއިން ވޭތުވެދިޔަ އަހަރު ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު، އިންޑަސްޓްރީގެ ޕާޓްނަރުންނާއެކު 22 މާކެޓެއްގައި 260 ހަރަކާތް ވަނީ ހިންގާފައެވެ. މީގެތެރޭގައި ފެއަރތަކާއި އެގްޒިބިޝަންތަކުގައި ބައިވެރިވުމުގެ އިތުރުން، އެކި ޤައުމުތަކުގައި ރޯޑްޝޯތައް ވެސް ވަނީ ބާއްވާފައެވެ. އަދި ވެބިނާތަކާއި، ފެމިލަރައިޒޭޝަން ދަތުރުތަކުގެ އިތުރުން މާކެޓިން ކެމްޕެއިންތައް ވަނީ ހިންގާފައެވެ.

ލެޓިން އެމެރިކާގެ ބްރެޒިލް ފަދަ ޤައުމުތަކަކީ ރާއްޖެއަށް މުހިންމު މާކެޓްތަކެކެވެ. މިއަހަރުގެ ފެބްރުައަރީ މަހުގެ ނިޔަލަށް ބްރެޒިލުންވަނީ ދިވެހިރާއްޖެއަށް 4،130 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިމާކެޓުތަކުގައި ރާއްޖޭގެ މަޤުބޫލުކަން ދަމަހައްޓާ އިތުރުކުރުމަށް އެމްއެމްޕީއާރުސީއިން ދަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.