ޚަބަރު

އޮންލައިންކޮށް ދިވެހި ތާރީޚާބެހޭ މަޢުލޫމާތު ލިބޭނެގޮތް ހަދަނީ


އޮންލައިންކޮށް ދިވެހި ތާރީޚާބެހޭ މަޢުލޫމާތު ލިބޭނެ ގޮތް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު އަޝްމަލީ ވިދާޅުވެއްޖެއެވެ.ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ހަތަރުވަނަ އަހަރީދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އަޝްމަލީ ވިދާޅުވީ، ސްކޫލުކުދިންނަށް ތާރީޚާބެހޭ މައުލޫމާތު ފަސޭހަ ގޮތެއްގައި ފޯރުކޮށްދިނުމަށްޓަކައި އޮންލައިންގެ ޒަރިއްޢާއިން ތާރީޚުގައި ކަންތައްތައް ހިނގާފައިވާ ގޮތުގެ މައުލޫމާތު ވަރަށް އަވަހަށް ލިބޭނެގޮތް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހުރި ތާރީޚީ ލިޔުންތައް އެއްތަނަކުން ލިބޭނެ ގޮތްވުމަކީވެސް މިކަމުގެ ބޭނުމެއް ކަމަށާއި ދިވެހިން އައިޓީ ދާއިރާއަށް އަހުލުވެރިކުރުމުގެ ގޮތުން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ބޭނުން ކުރުން މުހިންމު ކަމަށްވެސް އަޝްމަލީ ވިދާޅުވިއެވެ.މިއަދުގެ ރަސްމިއްޔާތުގައި ޤައުމީ އަރުޝީފުގެ ސްޓްރެޓެޖިކް ޕްލޭން 2014 އިން 2019 އަށް ވަނީ އިފްތިތާހް ކޮށްފައިވެއެވެ.