ކުޅިވަރު

ޕޮލިސް އަތުން ގްރީނަށް މޮޅެއް


މައިލޯ އެފްއޭއެމް ވެޓެރަންސް ލީގު 2022 ގައި ޕޮލިސް ކުލަބު ބަލިކޮށް ކުލަބު ގްރީން ސްޓްރީޓްސްއިން މޮޅަކާއެކު މުބާރާތް ނިންމާލައިފިއެވެ.

ގްރީން ސްޓްރީޓްސް އިން ލީގު ބުރުގެ ކުޅުން ނިންމާލިއިރު، އެ ޓީމަށް ވަނީ ހަ މެޗުން ހަތް ޕޮއިންޓް ލިބިފައެވެ. ޕޮލިސް ވަނީ ކުޅުނު ހަ މެޗުން ވެސް ބަލިވެފަ އެވެ އެ ޓީމު އޮތީ ޕޮއިންޓެއް ނުލިބި ތާވަލުގެ އެންމެ ފުލުގައެވެ.

ޓާފް އެއް ނަމްބަރު ދަނޑުގައި ކުޅުނު މި މެޗުގައި ގްރީން ސްޓްރީޓްސް އިން ދެ ލަނޑު ވެސް ޖެހީ ދެ ވަނަ ހާފުގައެވެ. އެ ގޮތުން ފުރަތަމަ ލަނޑު މެޗުގެ 44 ވަނަ މިނިޓްގައި ޖެހީ އިބްރާހިމް ހަލީލްއެވެ. ގްރީން ސްޓްރީޓްސްގެ ދެ ވަނަ ލަނޑު ޖެހީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ހުސެއިން ހަބީބްއެވެ. އިބްރާހިމް ސިނާޒް (ސިނާ) ދިން ބޯޅަ ހަބީ ވަނީ ހަމަޖެހިލާފައި ގޯލުގެ ދުރު ކަނަށް ފޮނުވާލައިފައެެވެ.

ތިން އަަހަރުގެ މެދުކެނޑުމަކަށް ފަހު އެފްއޭއެމްގެ ވެޓެރަންސް މުބާރާތް މި ފަހަރު ކުރިއަށްދާއިރު، އިންތިޒާމްކުރަނީ ކްލަބް އިވެންޓްސް އިންނެވެ.

ލީގުގައި ބުދަ ދުވަހު ހަވީރު 16:30 ގައި ކުޅޭ މެޗުގައި ބައްދަލުކުރަނީ މޯލްޑިވްސް ސޮކަ މޭޓްސް އާއި ކްލަބް އީގަލްސް އެވެ. މިއީ ލީގު ބުރުގެ ފަހު މެޗެވެ. ދެން އޮންނާނީ އަންނަ ހޮނިހިރު ދުވަހު ހަވީރު ކުޅޭ ފައިނަލް މެޗެވެ. ފައިނަލްގައި ބައްދަލުކުރާނީ ސޮކަ މޭޓްސް އާއި ހުޅުމާލެ ވެޓެރަންސް ކްލަބްއެވެ.