ޚަބަރު

ދުނިޔޭގެ އެންމެ މުސްކުޅި މީހާ މަރުވެއްޖެ


ދުނިޔޭގެ އެންމެ މުސްކުޅި މީހާ މަރުވެއްޖެއެވެ.

ދުނިޔޭގެ އެންމެ މުސްކުޅި މީހާގެ ގޮތުގައި ބަލައިގެންފައިވާ ޖަޕާނުގެ ކާނޭ ތަނާކާ މަރުވެފައިވަނީ ޢުމުރުން 119 އަހަރުގައެވެ. އޭނާ އުފަންވެފައިވަނީ 1903ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ދެވަނަ ދުވަހުއެވެ. އެއީ މަޝްހޫރު ބުރައިޓު ބުރަދާސް މަތިންދާބޯޓު އުފައްދައި ފުރަތަމަ ފަހަރަށް އުދުހުނު އަހަރެވެ.

2019ވަނަ އަހަރުގެ ތެރޭގައި ދުނިޔޭގެ އެންމެ މުސްކުޅި މީހާގެ ލަޤަބު ގިނިސް ވޯލްޑު ރެކޯޑްސުން އަރުވާފައިވާ ތަނާކާ މަރުވެފައިވަނީ މުސްކުޅި ބަލީގައެވެ. ޖަޕާނުގެ ރަސްމީ ޓީވީ ޗެނަލުން ބުނެފައިވާ ގޮތުގައި ތަނާކާ މަރުވެފައިވަނީ އޭޕުރީލް މަހުގެ 19ވަނަ ދުވަހު ޖަޕާނުގެ ހުޅަނގުގައި އޮންނަ ފުކޯކާ ސިޓީގައެވެ. އޭނާގެ ޙަޔާތުގައި ފިޒީ ބުއިންތަކާއި ޗޮކޮލެޓަށް ލޯބިކުރިކަމަށްވެއެވެ.

ފާއިތުވި އަހަރުގެ ތެރޭގައި ޖަޕާނުގެ މުސްކުޅި އާބާދީވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެ ގޮތުން އެ ޤައުމުގައި 100 އަހަރުންމަތީގެ 86,510 މީހުން ދިރިއުޅެއެވެ. އޭގެ ތެރެއިން %90އަކީ އަންހެނުންނެވެ.