ޚަބަރު

ކަނޑިތީމުގައި އެއްއަހަރުގެ ތުއްތު ކުއްޖަކު ގެނބިގެން ނިޔާވެއްޖެ


ށ. ކަނޑިތީމުގައި އެއް އަހަރުގެ ތުއްތު ކުއްޖަކު ގެނބިގެން ނިޔާވެއްޖެއެވެ

ފުލުހުން ވިދާޅުވީ، ގެނބިގެން ނިޔާވެފައިވަނީ އެއް އަހަރުގެ ފިރިހެން ކުއްޖެއްކަމަށެވެ. އަދި އެކުއްޖާ މޫދުގައި އޮއްވާ ނަގައިގެން ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މަޢުލޫމާތުދީފައިވެއެވެ.

ފުލުހުން ވިދާޅުވީ އެ ކުއްޖާ ގެނބިގެން ނިޔާވެފައިއޮއްވާ މޫދުން ފެނުނީ ކުއްޖާ ގެއްލިގެން ހޯދަމުންދަނިކޮށްކަމަށެވެ. އަދި އެ ކުއްޖާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު 6:30 ހާއިރުކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށެވެ.