ޚަބަރު

ޑިފެންސް މިނިސްޓަރ އިންޑިޔާގެ އަސްކަރީ މަރުކަޒަށް ޒިޔާރަތްކޮށްފި


މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ
އާދަމް ޝަރީފް ޢުމަރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި
ނިއުދިއްލީގައި ހުންނަ އަސްކަރީ ހޮސްޕިޓަލަށާއި، ޤައުމީ ދިފާއީ މަރުކަޒަށް
ޒިޔާރަތްކުރައްވައިފިއެވެ.

އެމަނިކުފާނުގެ މިޒިޔާރަތުގައި ވަނީ، ދެގައުމުގެ
ދެމެދުގައި އަސްކަރީ ދާއިރާއިން ގުޅުން ބަދަހިކުރެއްވުމަށް މަޝްވަރާކުރައްވާފައެވެ. މިނިސްޓަރގެ އަރިހުގައި ރާއްޖެއިން އިންޑިއާއަށް
ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު މުޙައްމަދުވެސް ބައިވެރިވެ ވަޑައިގަންނެވިއެވެ.
އެ ދެބޭފުޅުން އަސްކަރީ މަރުކަޒަށް ވަޑައިގެންފައިވަނީ މިއަދުގެ މެންދުރު ކުރީގެ
ވަގުތެއްގައެވެ.



ޑިފެންސް މިނިސްޓަރ އިންޑިއާއަށް ކުރައްވަމުން ގެންދަވާ
ރަސްމީ ދަތުރުފުޅަކީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ބެހޭގޮތުން
މަޝްވަރާކުރުމަށާއި، އިންޑިއާގެ އަސްކަރިއްޔާގެ ބައެއް އިސްފަރާތްތަކާއި
ބައްދަލުކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. ޑިފެންސް މިނިސްޓަރ އިންޑިއާއަށް ފުރާވަޑައިގެންފައިވަނީ
އިއްޔެގެ ވަގުތެއްގައެވެ.