ވިޔަފާރި

ޢީދު ބަންދާއި ދިމާކޮށް ބޭންކުތައް ހުޅުވާފައި ހުންނާނީ މިމަހު 30 ވަނަ ދުވަހު


މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ، އެމްއެމްއޭއިން އީދު ބަންދާއި ގުޅިގެން ޙިދުމަތްދޭ ދުވަސްތަކަށް ބަދަލު ގެނެސްފިއެވެ.

އެމްއެމްއޭއިން ބުނީ ފިތުރު އީދު ދުވަހާއި ގުޅިގެން ބަންދުވާ ހަފްތާގައި އެ އޮތޯރިޓީން މިހާރު ޙިދުމަތްދޭނީ 30 އޭޕްރީލްވާ ހޮނިހިރު ދުވަހުކަމަށެވެ. ކުރިން އޮތްގޮތުން ފިތުރު އީދާއި ގުޅިގެން އަންނަ ބަންދުގައި ޙިދުމަތްދިނުމަށް ހަމަޖެހިފައިވަނީ 4 މޭގައެވެ.

އެމްއެމްއޭއިން ބުނީ އެދުވަހު ބޭންކިންގ ޚިދުމަތްތަކުގެ ތެރޭގައި ފައިސާ ބަލައިގަތުމާއި ދޫކުރުމުގެ ޚިދުމަތްތައް ކުރިއަށްދާނީ ހެނދުނު 9:30 އިން މެންދުރު 12:00 އަށްކަމަށެވެ. ބޭންކިންގ ޚިދުމަތް ދެމުންގެންދާނީ މިހާރެކޭވެސް އެއްގޮތަށް އެޕޮއިންޓްމަންޓް އުސޫލުންކަމަށްވެސް އެމްއެމްއޭއިން ބުނެއެވެ.

ސިޓީއާއި ތަކެތި ބަލައިގަތުން ކުރިއަށްދާނީ ހެނދުނު 9:30 އިން މެންދުރު 12:00 އަށްކަމަށް އެމްއެމްއޭއިން ބުނެއެވެ. އެމްއެމްއޭއިން މިގޮތަށް ހަމަޖެއްސުމާއެކު ބީއެމްއެލްއާއި މޯލްޑިވްސް އިސްލާމިކް ބޭންކުންވެސް ޚިދުމަތްދޭނީ 30 އޭޕްރީލްވާ ދުވަހުއެވެ.

މިއަހަރުގެ ފިޠުރު ޢީދު އަދި ހަފްތާ ބަންދާއި ގުޅިގެން މިމަހުގެ 29އިން އަންނަ މަހުގެ 7 ވަނަ ދުވަހަށް ސަރުކާރު ބަންދުވާނެއެވެ.