ޚަބަރު

ތޫނީސިޔާގެ އިންތިޚާބާބެހޭ ވުޒާރާ އެ ޤައުމުގެ ރައީސްގެ ބާރުގެ ދަށަށް


ތޫނީސިޔާގެ އިންތިޚާބާބެހޭ ވުޒާރާ އެ ޤައުމުގެ ރައީސް ޤައީސް ސަޢީދުގެ ބާރުގެ ދަށަށް ގެންނަވައިފިއެވެ. އޭނާގެ ބާރުގެ ދަށަށް ތޫނީސިޔާގެ އިންތިޚާބާބެހޭ ވުޒާރާ ގެނެސްފައިވަނީ އެ ޤައުމުގައި އިންތިޚާބެއް ބޭއްވުމަށް ގޮވާލައި އަޑުތައް ގަދަވެފައިވަނިކޮށެވެ.

މިދިޔަ ޖުލައި މަހުގެ ތެރޭގައި ބޮޑުވަޒީރު ހާޝިމު މަޝީޝީއާ ޖެހިވަޑައިގަތް މައްސަލަތަކެއްގައި ޤައީސްވަނީ އެ ޤައުމުގެ ސަރުކާރު އުވާލައްވައި ބޮޑުވަޒިރުގެ މަޤާމަށް އެއްވެސް ސިޔާސީ ތަޖުރިބާއެއް ނެތް ބޭފުޅަކު ޢައްޔަންކުރައްވައިފައެވެ. އަދި ޤާނޫނުހަދާ މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލަން ޢަމުރުކުރައްވާފައިވަނިކޮށް އެ ޖަލްސާތައް ބާއްވަން މަސައްކުރުން އޭނާވަނީ އެ މަޖިލިސްވެސް އުވާލައްވައިފައެވެ. އޭގެ އިތުރުން ޤައީސްގެ ބާރުގެ ދަށަށް އެ ޤައުމުގެ ކޯޓުތަކާއި ފަނޑިޔާރުންވަނީ ގެނެސްފައެވެ، އެ ނިންމެވުންތަކަކީ ވެރިކަމުގެ ބާރުތައް އެއްކުރައްވައި ތޫނީސިޔާގައި ޚުދުމުހުތާރު ވެރިކަމެއް ޤާއިމުކުރެއްވުމަށް ޤައީސްކުރައްވައި މަސައްކަތްޕުޅެއްކަމަށް ބުނެ ޢާއްމުންވަނީ ވަރުގަދަ މުޒާހަރާތަކެއްކޮށްފައެވެ.

ތޫނީސިޔާގެ ރައީސްގެ މަޤާމާ ޙަވާލުވެވަޑައިގަތުމުގެ ކުރިން ޤައީސްވަނީ ޤާނޫނުހަދާ މަޖިލީހުގެ މެންބަރުކަން ފުރުއްވައިފައެވެ. އަދި އޭނާއަކީ ފަނޑިޔާރެއްގެ ފިރިކަލުންނެވެ. 2019ވަނަ އަހަރުގެ ތެރޭގައި އޭނާ ވެރިކަމަށް ވަޑައިގެންފައިވަނީ ޚިޔާނާތާއި ފަސާދައާ ދެކޮޅަށް މަސައްކަތްކުރައްވާނެކަމަށް ވަޢުދުވެވަޑައިގެންނެވުމަށްފަހުއެވެ.