ރިސޯޓު ތަރައްޤީކުރަން މިދިޔަ އަހަރުގެ ތެރޭގައި ބީލަމަށް ހުޅުވާލި 18 ރަށުގެ ތެރެއިން 7 ރަށެއް އެވޯޑުކޮށްފިއެވެ.
10 އަތޮޅަކުން ކަނޑައަޅާފައިވާ 18 ރަށަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު ހުޅުވާފައިވަނީ ދުބާއީ އެކްސްޕޯގެ ތެރެއިން ރާއްޖެއިން ބޭއްވި އިންވެސްޓްމެންޓް ފޯރަމްގައެވެ. އޭގެތެރޭގައި ގިނައީ ކުރިން ބީލަމަށް ހުޅުވާލައިގެން ނުވިކުނު ރަށްތަކެވެ.
އިއުލާނުކޮށްފައިވާ ރަށްތަކުގެ ތެރެއިން ލ، ގއ، އަދި ގދ، އަތޮޅުގެ ރަށްތަކަށް ބިޑު ހުށަހެޅުމުގެ ފުރުސަތު ހަމަވެފައިވަނީ މާޗު މަހުގެ 23 ވަނަ ދުވަހަށެވެ. އެހެނިހެން އަތޮޅުތަކުގެ ރަށްރަށުގެ ބިޑު ހުށަހެޅުމުގެ މުއްދަތު ހަމަވާނީ މާޗު މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށެވެ.
ހއ. އަލިދުއްފަރުފިނޮޅަސް، ލީސް އެކުއިސިޝަން ކޮސްޓުގެ ގޮތުގައި 390،000.00 (ތިންލައްކަ ނުވަދިހަހާސް) އެމެރިކާ ޑޮލަރާއި ޓޫރިޒަމް ޓްރެއިނިންގ ފަންޑަށް 7،000.00 (ހަތްހާސް) އެމެރިކާ ޑޮލަރު ހުށަހަޅާފައިވޭ
2)މ. ސީދީހުރާ (މ. ސީދީހުރާ ވެލިގަނޑާއި އެކު) އަށް ލީސް އެކުއިސިޝަން ކޮސްޓުގެ ގޮތުގައި 1,599,999.00 (އެއް މިލިއަން ފަސްލައްކަ ނުވަދިހަ ނުވަހާސް ނުވަ ސަތޭކަ ނުވަދިހަ ނުވައެއް) އެމެރިކާ ޑޮލަރާއި ޓޫރިޒަމް ޓްރެއިނިންގ ފަންޑަށް 120،000.00 (އެއްލައްކަ ވިހިހާސް) އެމެރިކާ ޑޮލަރު ހުށަހަޅާފައިވޭ
3)ފ. އެނބުލުފުށިއަށް ލީސް އެކުއިސިޝަން ކޮސްޓުގެ ގޮތުގައި 3،601،155.00 (ތިން މިލިއަން ހަލައްކަ އެއްހާސް އެއްސަތޭކަ ފަންސާސް ފަހެއް) އެމެރިކާ ޑޮލަރާއި ޓޫރިޒަމް ޓްރެއިނިންގ ފަންޑަށް 150،000.00 (އެއްލައްކަ ފަންސާސްހާސް) އެމެރިކާ ޑޮލަރު ހުށަހަޅާފައިވޭ
4)ފ. ޖިންނަތުގައުއަށް ލީސް އެކުއިސިޝަން ކޮސްޓުގެ ގޮތުގައި 2,021,121.00 (ދެ މިލިއަން އެކާވިސް ހާސް އެއްސަތޭކަ އެކާވިސް) އެމެރިކާ ޑޮލަރާއި ޓޫރިޒަމް ޓްރެއިނިންގ ފަންޑަށް 200،121.00 (ދެލައްކަ އެއްސަތޭކަ އެކާވީސް) އެމެރިކާ ޑޮލަރު ހުށަހަޅާފައިވޭ
5)ގއ. ފުނަދޫވިލިގިއްލާއަށް ލީސް އެކުއިސިޝަން ކޮސްޓުގެ ގޮތުގައި 702،000.00 (ހަތްލައްކަ ދެހާސް) އެމެރިކާ ޑޮލަރާއި ޓޫރިޒަމް ޓްރެއިނިންގ ފަންޑަށް 5،000.00 (ފަސްހާސް) އެމެރިކާ ޑޮލަރު ހުށަހަޅާފައިވޭ
6)ގދ. ކަނޑަހަލަކަލައަށް ލީސް އެކުއިސިޝަން ކޮސްޓުގެ ގޮތުގައި 2،800،000.00 (ދެ މިލިއަން އަށް ލައްކަ) އެމެރިކާ ޑޮލަރާއި ޓޫރިޒަމް ޓްރެއިނިންގ ފަންޑަށް 150،000.00 (އެއްލައްކަ ފަންސާސްހާސް) އެމެރިކާ ޑޮލަރު ހުށަހަޅާފައިވޭ
7)ގދ. ފެރޭތަވިލިގިއްލާ (ގދ. ދެކާނބަ، ގދ. ކޮޑެރެޓާ އަދި 0°22’12.86”N 73°1’28.98” E އާއިއެކު) އަށް ލީސް އެކުއިސިޝަން ކޮސްޓުގެ ގޮތުގައި 702،000.00 (ހަތްލައްކަ ދެހާސް) އެމެރިކާ ޑޮލަރާއި ޓޫރިޒަމް ޓްރެއިނިންގ ފަންޑަށް 5،000.00 (ފަސްހާސް) އެމެރިކާ ޑޮލަރު ހުށަހަޅާފައިވޭ
ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ ބީލަން އެވޯޑުކުރެވިފައިވާ ފަރާތްތަކުން ލީސް އެކުއިޒިޝަން ކޮސްޓާއި ޓޫރިޒަމް ޓްރެއިނިންގ ފަންޑަށް ހުށަހަޅާފައިވާ އަދަދުގެ %50 ދެއްކުމުގެ އިތުރުން އިނީޝަލް އެންވަޔަރަމެންޓު އެސެސްމެންޓެއް ހެދުމަށް 60 ދުވަހުގެ މުއްދަތެއް ވަނީ ދެވިފައި ކަމަށެވެ.
ރާއްޖޭގައި ގިނަ ޢަދަދެއްގެ ރިސޯޓްތައް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، އިންވެސްޓުކުރާ ގިނަ ފަރާތްތަކަށް އެކި ގޮންޖެހުންތައް ދިމާވެފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. އަދި މިއިންވެސްޓްމަންޓުތައް މެދުކެނޑުމެއްނެތި ކުރިއަށްގެންގޮސް ނިންމުމަށް ސަރުކާރުން ފޯރުކޮށްދެވެން ހުރި އެހީތައް ފޯރުކޮށްދިނުމަކީ މުހިންމު ކަމެއްކަމުގައި ސަރުކާރުން ޤަބޫލުކުރައްވައެވެ.