ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ ރަމަޟާން ކްރިކެޓް ކާނިވަލުގައި ބުދަ ދުވަހު ކުޅުނު މެޗުތައް ޕޮލިސް ކުލަބާއި މީރާއިން ކާމިޔާބުކޮށްފިއެވެ.
ބުދަ ދުވަހު ހަވީރު ކުޅުނު ފުރަތަމަ މެޗު އިމިގްރޭޝަން އާއި ބައްދަލުކޮށް މީރާއިން ކާމިޔާބުކުރީ ދެ ވިކެޓުންނެވެ. އަދި ދެވަނަ މެޗު މުލިއާގެ ޓީމާއި ބައްދަލުކޮށް ޕޮލިސް ކްލަބް ކާމިޔާބުކުރީ ހަތަރު ވިކެޓުންނެވެ.
ބުދަ ދުވަހު ހަވީރު ކުޅުނު ފުރަތަމަ މެޗު އިމިގްރޭޝަނުން ކުޅެން އަރާ 8 އޯވަރުގެ ތެރޭގައި ދެ ވިކެޓަށް 127 ލަނޑު ވަނީ ހަދާފައެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 24 ލަނޑު ހެދި އަލީ ނަވާއު އާއި 24 ލަނޑު ހެދި އަޙްމަދު އާމިރެވެ. ޖަވާބުގައި މީރާއިން ކުޅެންއަރާ 8 ވަނަ އޯވަރުގައި 128 ލަނޑު ހަދާ މެޗު ކާމިޔާބުކުރިއެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 47 ލަނޑު ހެދި މުޙައްމަދު ޖިނާހު އާއި 33 ލަނޑު ހެދި ކަމްރުލްއެވެ. އަދި ހަސަން ރިޔާޒު ވަނީ ދެ ވިކެޓު ނަގައިފައެވެ.
ދެވަނަ މެޗުގައި މުލިއާގެ ކުޅެންއަރާ 8 އޯވަރުގެ ތެރޭގައި 114 ލަނޑު ވަނީ ހަދާފައެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 41 ލަނޑު ހެދި ރަސަންތާ އާއި 14 ލަނޑު ހެދި އިބްރާހީމް ހުސެއިންއެވެ. މީގެ އިތުރުން ސިރުހާން އެއް ވިކެޓު ނެގިއިރު މޫސާ ވަސީމް ވަނީ ދެ ވިކެޓް ނަގާފައެވެ. ޖަވާބުގައި ޕޮލިސް ކްލަބް ކުޅެންއަރާ 8 އޯވަރުގެ ތެރޭގައި 117 ލަނޑު ހަދާ މެޗު ކާމިޔާބުކުރިއެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 36 ލަނޑު ހެދި މޫސާ ވަސީމްއެވެ.