 
										
			ރާއްޖޭގެ ގުދުރަތީ ރީތިކަން އިޝްތިހާރުކުރުމަށް އުރީދޫ މޯލްޑިވްސްއާއި ސްނެޕްޗެޓް ގުޅިގެން ތަޢާރަފްކުރި ސްނެކް ސްޓްރީކްގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން އިތުރު ޙަރުފަތަކަށް ޖެހިގެންދާނެކަމަށް މިނިސްޓަރ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ. 
އުރީދޯ މޯލްޑިވްސްއާއި ދުނިޔޭގެ މަޝްހޫރު ކެމެރާ ކުންފުންޏެއް ކަމަށްވާ ސްނެޕްޗެޓްއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ޚާއްސަ ފިލްޓަރ ލެންސް ލޯންޗްކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް  ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވީ މި އެޕްލިކޭޝަނަކީ ދިވެހިންގެ ތެރޭގައި މިހާރުވެސް ޑިމާންޑު ބޮޑު އެޕްލިކޭޝަނެއްކަމުން އުރީދޫގެ މިޙަރަކާތާއެކު ރާއްޖޭގެ ފަތުރުވެރިކަމަށް އިތުރު ކުރިއެރުން ލިބިގެންދާނެކަމަށް ޤަބޫލުކުރައްވާކަމަށެވެ. 
މިނިސްޓަރ ވިދާޅުވީ ރާއްޖެއަށް މިހާރުވެސް ރާއްޖޭގެ އާބާދީއަށްވުރެ އެތައް ގުނައެއް އިތުރަށް ފަތުރުވެރިން ޒިޔާރަތްކުރާއިރު ޓެކްނޮލޮޖީ ރާއްޖޭގައި ކުރިއަރުވާ ޒުވަނުން މިކަމުގައި ބައިވެރިކުރުވުމަކީ މުހިއްމުކަމެއްކަމަށެވެ. އެގޮތުން މިހާރުވެސް ދުނިޔެ ކުރިމަތިލާފައިވާ ޕެންޑަމިކާއި މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ކަންކަމުން އަރައިގަތުމުގައި ޓެކްނޮލޮޖީގެ ދައުރު އިތުރުކުރަންޖެހޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. 
		
 
										 
										
			އުރީދޫއާއި ސްނެޕްޗެޓްގެ މިއެއްބަސްވުމުގެ ދަށުން ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ތަފާތު ސަގާފަތް ދުނިޔޭގެ ކަސްޓަމަރުންނަށް އިޝްތިހާރު ކުރުމަށް ސްނެޕްޗެޓް ލެންސް އަދި ރާއްޖެއަށް ޚާއްޞަ ޖިއޯފިލްޓަރއެއް ވަނީ ތަޢާރަފްކޮށްފައެވެ. މިއީ އުރީދޫގެ "ވިޒިޓް މޯލްޑިވްސް ނައު" ކެމްޕެއިންގެ އިތުރުން ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުމުގެ މުނާސަބަތާވެސް ގުޅިގެންކަމަށް އެކުންފުނިން ވިދާޅުވެއެވެ.
ސްނެޕްޗެޓްއަކީ އާއިލާ އާއި ރައްޓެހިންނާއި ޑިޖިޓަލްކޮށް ގުޅުން ބަދަހިކޮށްލުމަށް ދުނިޔޭގެ އެކިކަންކޮޅުތަކުގައިވެސް ބޭނުންކުރަމުން އަންނަ ޕްލެޓްފޯމެކެވެ. އޭއާރް ޓެކްނޮލޮޖީ ބޭނުންކޮށްގެން ހަދާފައިވާ މަޖާ އަދި ހިތްގައިމް ފިލްޓަރ އަދި ފްރޭމްތަކަކީ ގިނަބައެއްގެ މެދުގައި މަޤުބޫލު އެއްޗެކެވެ. އުރީދޫއިން ބުނީ ސްނެޕްޗެޓް ބޭނުންކުރުމަށް އުރީދޫ މޯލްޑިވްސްއިން ކޮންމެ ދުވަހަކަށް، ހަފްތާއަކަށް، އަދި މުޅި މަހަށް ޚާއްޞަ ސްނެޕްޗެޓް ޑޭޓާ ޕެކްތަކެއްވެސް ތަޢާރަފްކޮށްފައިކަމަށެވެ. މީގެ އިތުރުން އުރީދޫ ޕްރީޕެއިޑް ކަސްޓަމަރުންނަށް 30 ދުވަހުގެ މުއްދަތަށް 2 ޖީބީ ޑޭޓާ މުޅިން ހިލޭ ލިބޭ 3 މަސް ދުވަހުގެ ޕްރޮމޯޝަންއެއްވެސް ވަނީ ތަޢާރަފްކޮށްފައެވެ.  
އޭއާރް ބޭނުންކުރާ މިންވަރު މުޅި ދުނިޔޭގައި ވެސް އިތުރުވަމުން އަންނަނީ އިތުރުވަމުންނެވެ. ސްނެޕްޗެޓްގެ ޑޭޓާއަށް ބަލާއިރު 6 ބިލިއަނަށް ވުރެ ގިނަ އޭއާރް ލެންސް ބޭނުން ކުރާ ސެންޕްޗެޓަރުން އެބަތިއްބެވެ. އަދި ދުވާލަކު 200 މިލިއަނަށް ވުރެ ގިނަ މީހުން އޭއާރް އާ އެކު މުއާމަލާތް ކުރާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.