ދުނިޔެ

ތެލުގެ ބާޒާރަށް އައި ބަދަލާއެކު އޭޝިޔާގެ ހިއްސާގެ އަގުތައް ދަށަށް


ދުނިޔޭގެ ތެލުގެ ބާޒާރަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން އޭޝިޔާގެ ހިއްސާގެ ބާޒާރުގެ އަގުތައް އަނެއްކާ ވެސް ދަށަށް ހިނގައްޖެއެވެ.އެގޮތުން  ޖަޕާނުގެ ނިކެއި އިންޑެކްސްގެ އަގުތައް ވަނީ 2.3 އިންސައްތަ އަށް ވެއްޓިފައެވެ. އަދި ޓޮޕިކްސް އިންޑެކްސްގެ ހިއްސާގެ އަގުތައް ވެސް ވަނީ މިއަދަދަށް ވެއްޓިފައެވެ. ހޮންގްކޮންގްގެ ހޭންގް ސޭންގް އިންޑެކްސްގެ އަގުތައް ވަނީ 4.6 އިންސައްތަ ދަށަށް ގޮސްފައެވެ. ދެކުނު ކޮރެއާގެ ކޮސްޕީ އިންޑެކްސްގެ އަގުތައްވަނީ  0.3 އިންސައްތަ ދަށަށް ގޮސްފައެވެ. މިއީ 2011 ވަނަ އަހަރުގެ ފަހުން އޭޝިޔާގެ ހިއްސާގެ ބާޒާރުގެ އަގުތައް މިހާ ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ.އޭޝިޔާގެ ހިއްސާގެ ބާޒާރުގެ އަގުތަކަށް މިހާ ބޮޑު ބަދަލެއް އައިސްފައި މިވަނީ ދުނިޔޭގެ ބާޒާރުގައި ވިއްކާ ތެލުގެ އަގު އަނެއްކާ ވެސް ދަށްވެފައިވާ ދަނޑިވަޅެއްގައެވެ. މި ގޮތުން، އާދިއްތަ ދުވަހު ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު ވަނީ 28 އެމެރިކާ ޑޮލަރަށް ވެއްޓިފައެވެ. މިއީ 2003 ވަނަ އަހަރުގެ ފަހުން ތެޔޮ ފީފާއެއްގެ އަގު 28 ޑޮލަރަށް ވެއްޓުނު ފުރަތަމަ ފަހަރެވެ.