ކްއީންސް ޕާރކް ރޭންޖަރސް އަތުން ބަލިވެ ޑަރބީ ކައުންޓީ ޗެމްޕިއަންޝިޕުން ރެލިގޭޓް ވެއްޖެއެވެ.
މިމެޗް ކިއުޕީއާރު ކާމިޔާބުކޮށްފައިވަނީ އަމިއްލަ ދަނޑުގައި ކުޅެ އެއްލަނޑު ސުންލަނޑުންނެވެ.
މިމެޗުން ބަލިވުމުން ޑަރބީއަށް ލިބިފައިވަނީ 43 މެޗުން 31 ޕޮއިންޓެވެ. އަދި މިހާރު އެޓީމަށް ބާކީ ތިން މެޗް އޮތް އިރު 24 ތީމް ހިމެނޭ ޗެމްޕިއަންޝިޕްގެ 21 ވަނައިޣާ އުޅޭ ރެޑިންގ އާއި އަރާ ހަމަކުރުމުގެ ފުރުސަތެއް ނެތެވެ. ވޭން ރޫނީ ކޯޗް ކޮށްދެމުންދާ ޑަރބީ ރެލިގޭޓް ވުމާއެކު އެޓީމް މިއަންނަ ސީޒަންގައި ވާދަކުރާނީ ލީގު ވަންގައެވެ. މިއީ 1986 ވަނަ އަހަރަށްފަހު އިނގިރޭސި ތިންވަނަ ދަރަޖައިގެ ލީގެއްގައި ޑަރބީ ވާދަކުރަންޖެހޭ ފުރަތަމަ ފަހަރެވެ. ޑަރބީއަށް މިސީޒަންގައި މައްސަލަތައް ދިމާވީ އެކްލަބްގެ މާލީ ހާލަތު ދަށަށް ގޮސް ބަންގްރޫޓް ވުމާއި ގުޅިގެން އީއެފްއެލްގެ މާލީ ގަވައިދުތަކާއި ހިލާފު ވުމާއި ގުޅިގެން 21 ޕޮއިންޓް އެކްލަބުން އުނިކުރުމާއި އެކުއެވެ. އެހެން ނޫންނަމަ މިވަގުތު އެޓީމް އޮންނާނީ ތާވަލްގެ 17 ވަނައިގައެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މިވަގުތު ކްލަބްގެ ކޮންޓްރެކްޓްގައި ތިބީ ފަސް ކުޅުންތެރިންނެވެ. އަދި ޓްރާންސްފަރ އެމްބާގޯއެއްގައި ކްލަބް އޮތުމާއެކު މިއަންނަ ސީޒަނަށް ޑަރބީ ތައްޔާރު ކުރުމުގައި ގިނަ ދަތިތަކަކާއި ކުރިމަތިވާނެކަމަށް މިހާރު ވަނީ ބެލެވިފައެވެ.