ޚަބަރު

ކަސްޓަމްސްގެ އައު އޮފީހެއް ތިލަފުށީގައި ހުޅުވައިފި


މޯލްޑިވްސް ކަސްޓަމްސް ސާރވިސްގެ އައު އޮފީސް ޢިމާރާތެއް ތިލަފުށީގައި ހުޅުވައިފިއެވެ. މި އޮފީސް ހުޅުއްވައި ދެއްވީ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސް އިސްމާއިލް އަބްދުﷲއެވެ. ތިލަފުށީގެ ބަނދަރުތަކަކީ، ބައެއް ބާވަތްތަކުގެ މުދާ ރާއްޖެ އެތެރެކޮށް އެތަކެތި ބާލާ ބަނދަރުތަކަކަށް ވާތީ، ކަސްޓަމްގެ ޚިދުމަތް ތިލަފުށިން ލިބެން ހުރުން މުހިންމު ކަމަށް ކަސްޓަމްސްއިން ވިދާޅުވެއެވެ. އަދި އައު އޮފީހުގެ ސަބަބުން ތިލަފުށީގައި ކަސްޓަމްސްއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުވެ، ތިލަފުށީގައި ޤާއިމްކުރެވިފައިވާ މަގަތު ފާލަންތައް މެދުވެރިކޮށް ރާއްޖެއަށް އިމްޕޯޓްކުރާ ހިލަ، ހިލަވެލި، ސިމެންތި ފަދަ އިމާރާތްކުރުމުގެ ސިނާޢަތުގައި ބޭނުންކުރާ ސާމާނު ކްލިއަރ ކުރުމުގެ ކަންތައްތައް މިހާރަށްވުރެ ހަރުދަނާކޮށް އަވަސް ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ކަމަށް ކަސްޓަމްސްއިން މަޢުލޫމާތު ދެއްވައެވެ.ތިލަފުށީގެ ވިޔަފާރި ބަނދަރު ތަކަކީ، އަމިއްލަ ބައެއް ފަރާތްތަކަށް އޮޕަރޭޓްކުރުމަށް ދޫކޮށްފައިވާ ބަނދަރުތަކެކެވެ. އަދި ރާއްޖެއަށް އެތެރެކުރާ، ގޭހާއި ސިމެންތި ފަދަ ބައެއް ބާވަތްތަކުގެ މުދާ ހަމައެކަނި ކްލިއަރ ކުރާ ތަނަކީވެސް ތިލަފުށްޓެވެ.