ވިޔަފާރި

މިފަހަރު ޢީދު ހަދިޔާއަކަށް ދޭންވީ "ވެން ކްލީފް އެންޑް އާރޕެލްސް" ބްރޭންޑުގެ ސެންޓު


ބައިނަލްއަޤްވާމީ މަޝްހޫރު ބްރޭންޑްތައް ރާއްޖެއަށް ތައާރަފުކުރަމުން އަންނަ ލެކިއުޓްއިން ދުނިޔޭގެ މަޝްހޫރު، 'ވެން ކްލީފް އެންޑް އަރޕެލްސް' ކަލެކްޝަންގެ އެކްސްޓްރޯޑިނެޔަރ ސެންޓު ތަޢަރާފްކޮށް ވިއްކަން ފަށައިފިއެވެ.

ވެން ކްލީފް އެންޑް އާރޕެލްސް ބްރޭންޑަކީ، ދިވެހިންގެ މެދުގައި މަޝްހޫރު ޖްވެލަރީ ބްރޭންޑެކެވެ. މި ބްރޭންޑު މިމަހުގެ ތެރޭ ތަޢާރަފް ކުރެވުމާއިއެކު ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް ލެކިއުޓުން ބުނެއެވެ. ވީސީ އެންޑް އޭގެ ނަމުގައި މަޝްހޫރުވެފައި މި ބްރޭންޑްގެ 7 ވައްތަރުގެ ސެންޓު ލެކިއުޓުން ތަޢާރަފްކޮށްފައިވާއިރު، ކަސްޓަމަރުންގެ މެދުގައި އެންމެ މަޤްބޫލީ މީގެތެރެއިން 3 ބާވަތް ހިމެނޭ ސެންޓު ކަލެކްޝަނެއްކަމަށް ލެކިއުޓުން ބުނެއެވެ.

ލެކިއުޓުން ބުނި ގޮތުގައި މި ސެޓް ކަސްޓަމަރުންގެ މެދުގައި މަޤްބޫލުވުމަށް 2 ސަބަބެއް އޮތް ކަމަށް އެނގިފައިވާ ކަމަށެވެ. އެގޮތުން މީގެއިން ކޮންމެ ސެންޓު ފުޅިއެއްވެސް ވަކިން ނުވަތަ އެކީ ބޭނުން ކުރެވިދާނެ އިރު، ދެވަނަ ސަބަބަކީ މިއީ ޢީދު ފަދަ މުނާސާބުތަކަށް ގިނަ ބަޔަކު ހަދިޔާ ކުރަން ބޭނުންވާ ކަހަލަ ކަލެކްޝަނަކަށްވުންކަމަށް ލެކިއުޓުން ބުނެއެވެ.

ވެން ކްލީފް އެންޑް އާރޕެލްސް ބްރޭންޑުގެ ސެންޓަކީ އެ މީހުންގެ ޖްވެލަރީ ކަލެކްޝަނާއެކު މަޝްހޫރުވެގެން އައި ބްރޭނޑެކެވެ. މަޝްހޫރު ޖްވެލަރީ ގިނަ ބްރޭންޑްތަކުން އަމިއްލަ ސެންޓުތައް އަބަދުވެސް ވިއްކާއިރު، ވެން ކްލީފްގެ ސެންޓުތަކަށް ބޮޑު ތަރުހީބެއް ލިބިފައިވާކަމަށް ލެކިއުޓުން ބުނެއެވެ.

ލެކިއުޓުގެ ސެންޓު ބޭނުންވާ ފަރާތްތަކަށް މާލޭ ސަރަހައްދުގައި ހިލޭ ޑެލިވަރީވެސް އެ ފިހާރައިން ހަމަޖައްސައިދެއެވެ. މީގެ އިތުރަށް ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް ސެންޓު ފޮނުވައިދިނުމުގެ އިންތިޒާމު ހަމަޖަައްސައިދެއްވާ ކަމަށް އެ ފިހާރައިން ބުނެއެވެ.