ޚަބަރު

ޑިފެންސް މިނިސްޓަރ އިންޑިއާ އަށް ފުރައިވަޑައިގެންފި


މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފް ޢުމަރު ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ފުރާވަޑައިގެންފިއެވެ.ޑިފެންސް މިނިސްޓަރ އިންޑިއާއަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ބެހޭގޮތުން މަޝްވަރާކުރެއްވުމުގެ އިތުރުން، އިންޑިއާގެ އަސްކަރިއްޔާގެ ބައެއް އިސްފަރާތްތަކާ ބައްދަލުކުރުމަށް ހަމަޖެހިފައިވާކަމަށް އެމް.އެން.ޑީ.އެފުން ވިދާޅުވެއެވެ. ޑިފެންސް މިނިސްޓަރ 3 ދުވަހުގެ މުއްދަތަށް އިންޑިއާއަށް ކުރައްވާ މި ދަތުރުފުޅުގައި، މިނިސްޓަރގެ އަރިހުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙުމަދު ޝާހިދާއި ޑިފެންސް މިނިސްޓްރީގެ ޑިޕާރޓްމަންޓް އޮފް އިންޓަރނޭޝަނަލް ޑިފެންސް ކޯރޕަރޭޝަން އެންޑް ޕޮލިސީގެ ޕްރިންސިޕަލް ޑައިރެކްޓަރ ކާނަލް ޢަބްދުލް މަތީން ބައިވެރިވަޑައިގަންނަވައެވެ.