ޚަބަރު

އެމްއޭސީއެލްގެ އެމްޑީއަކަށް މަޙުޖޫބު ޝުޖާޢު ހަމަޖައްސައިފި


މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ހ.ރަނުވިއަ، މަޙުޖޫބް ޝުޖާޢު ހަމަޖައްސަވައިފިއެވެ. އެމްއޭސީއެލްގެ އެމްޑީކަމުގެ މަޤާމަށް މަޙުޖޫބު ޝުޖާއު ހަމަޖައްސަވާފައިވާކަން، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑުންވެސްވަނީ ރަސްމީކޮށް އިޢުލާނުކޮށްފައެވެ.

ކޯޕްރަޓައިޒޭޝަން ބޯޑުން ވިދާޅުވެފއިވަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ބޯޑުގެ މެންބަރުކަމާއި މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް މަޙުޖޫބު ޝުޖާއު އައްޔަންކުރައްވާފައިވާކަމަށެވެ.

މަޙުޖޫވު ޝުޖާއު މީގެކުރިން އަދާކުރައްވާފައިވާ މަޤާމުތަކުގެ ތެރޭގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމު ހިމެނެއެވެ. އަދި ވެލާނާ އިންޓަރނޭޝަނަލަށް އެއަރޯޓްގެ ހިންގުމާއި ކުރިއެރުމާއި ގުޅޭ މަސައްކަތް، ރައިސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފަރާތުން ބެލެހެއްޓެވުމުގެ މަސައްކަތްތައްވެސް ކުރައްވާފައިވެއެވެ.

ގާތްގަނޑަކަށް 6 މަސްދުވަހަށްފަހު ކުންފުންޏަށް މެނޭޖިން ޑިރެކްޓަރެއް އައްޔަންކޮށްފައިވާއިރު، އެ ކުންފުނިން ދާދި ފަހުން ވަނީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށްވެސް އައު ބޭފުޅަކު އައްޔަންކުރައްވާފައެވެ. އެގޮތުން އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް އައްޔަންކުރައްވާފައިވަނީ އިބްރާޙިމް ޠާޙާއެވެ.

2018 ވަނަ އަހަރު، ކުންފުނީގެ އެމްޑީގެ މަޤާމު ހުސްވުމާއިއެކު، އެކްޓިން އެމްޑީގެ މަޤާމު އަދާކުރެއްވީ ކުންފުންޏަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްދެއްވި މޫސާ ޞާލިޙެވެ.