ކުޅިވަރު

އެވިއާ އާއި އެމްއޭސީއެލް ފައިނަލަށް


ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ރަމަޟާން ކްރިކެޓް ކާނިވަލުގެ ސެމީ ފައިނަލް މެޗުތައް ކާމިޔާބުކޮށް އެވިއާ އާއި އެމެއޭސީއެލް ފައިނަލަށް ދަތުރުކޮށްފިއެވެ.

ބުރާސްފަތި ދުވަހު ހަވީރު ކުޅުނު ފުރަތަމަ ސެމީގައި އެއާޕޯޓް ރިކްރިއޭޝަން ކްލަބާއި ބައްދަލުކޮށް އެވިއާ މޯލްޑިވްސް ކާމިޔާބުކުރީ 15 ލަނޑުންއެވެ. އެވިއާ މޯލްޑިވްސް ފުރަތަމަ ކުޅެންއަރާ 8 އޯވަރު ހަމަވިއިރު 169 ލަނޑުހެދިއެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ ޖިލްވާޒް ރަސީދު، އަހުމަދު ޔާސީން އަދި އިބްރާހިމް ރިޒާންއެވެ. މިއިން ކޮންމެ ކުޅުންރިއެއް 34 ލަނޑުހެދިއެވެ. ޖަވާބުގައި އޭއާރްސީ ކުޅެންއަރާ 8 އޯވަރު ހަމަވިއިރު 7 ކުޅުންތެރިން ނުބައިވެގެން 154 ލަނޑުހެދިއެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 72 ލަނޑުހެދި އިބްރާހިމް ނަސާތު އާއި 56 ލަނޑުހެދި ލީމް ސަފީގުއެވެ.

ބުރާސްފަތި ދުވަހު ހަވީރު ކުޅުނު ދެވަނަ ސެމީގައި ސަންކުއިކް ލިލީއާއި ބައްދަލު 6 ވިކެޓުން ކާމިޔާބުކުރީ އެމްއޭސީއެލްއެވެ. ސަންކުއިކް ލިލީއިން 8 އޯވަރު ހަމަވިއިރު 108 ލަނޑުހެދިއެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 54 ލަނޑުހެދި ހަސަން ހާޒިގު އާއި 38 ލަނޑުހެދި ޔޫސުފް އަޒިޔާންއެވެ. ޖަވާބުގައި އެމްއޭސީއެލް ކުޅުންއަރާ 7 އޯވަރުގެ ތެރޭގައި އެންމެ ކުޅުންތެރިއެއް ނުބައިވެގެން 112 ލަނޑުހަދާ މެޗު ކާމިޔާބުކުރިއެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 36 ލަނޑުހެދި އަހުމަދު އަމީލް އާއި 27 ލަނޑުހެދި އާދަމް ނާސިފުއެވެ.

ރަމަޟާން ކްރިކެޓް ކާނިވަލުގެ ފައިނަލް މެޗު ކުޅޭނީ ހުކުރު ދުވަހު ހަވީރު 16:30ގައެވެ.