ޚަބަރު

ކަރަންޓު ކެނޑުނީ މައި ޑިސްޓްރިބިއުޝަން ކޭބަލަކަށް ގެއްލުންވެގެން: ސްޓެލްކޯ


މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުނީ އެކުންފުނީގެ މައި ޑިސްޓްރިބިއުޝަން ކޭބަލަކަށް ގެއްލުންވެގެން ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ކަރަންޓު ކެނޑުމަށް ދިމާވީ އެޗްޑީސީން ހުޅުމާލޭގެ މަގު ހެދުމުގެ ތެރޭގައި މައި ޑިސްޓްރިބިއުޝަން ކޭބަލަކަށް ގެއްލުންވެ، ގްރޭޓާމާލޭ އިންޓަކަނެކްޝަން ގްރިޑްގެ ޚިދުމަތް މެދުކެނޑުމުންނެވެ. ނަމަވެސް ކަރަންޓް ކެނޑުނު ހުރިހާ ހިސާބަކަށް މިހާރުވަނީ ކަރަންޓްދީފައެވެ.

މިދުވަސްވަރަކީ ރާއްޖެއަށް ހޫނުގަދަ ދުވަސްވަރެއްކަމުން، މި ދުވަސްވަރު ކަރަންޓު އިޤްތިޞާދުކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ސްޓެލްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ. ދޭތެރެ ދޭތެރެއިން ވާރޭވެހުނު ކަމުގައި ވީނަމަވެސް އާންމު ގޮތެއްގައި މިދުވަސް ވަރަކީ ހޫނު ގަދަ ދުވަސް ވަރެކެވެ.

ވޭތުވެދިޔަ 29 އަހަރު ދުވަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން އޭޕްރީލްމަހަކީ ރާއްޖެއަށް އެންމެ ހޫނުގަދަ މަސްކަމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ބުނެފައެވެ.