ޚަބަރު

ހާމިދު އިސްމާއިލް ގޭ ބަންދަށް ބަދަލުކޮށްފި


މަނީ ލޯންޑެރިން މައްސަލައެއްގައި ހައްޔަރުކޮށްފައި ހުރި ހާމިދު އިސްމާއިލްގެ ޝަރީއަތް ނިމެންދެން ގޭ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.ހާމިދުގެ ގޭ ބަންދަށް ކުރިމިނަލްކޯޓުން ބަދަލުކޮށްފައި މިވަނީ އެނާގެ ބަންދުގެ މުއްދަތު ޖެހުމަށް މިއަދު އެކޯޓަށް ހާޒިރުކުރުމަށްފަހުގައެވެ. ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައާއި ގުޅިގެން މިދިޔަ ޑިސެމްބަރ މަހުގެ އެކާވީސް ވަނަދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ހާމިދު އިސްމާއިލް ބަންދުގެ މުއްދަތު މީގެ ކުރިން 7 ފަހަރެއްގެ މަތިން ކޯޓުން އިތުރުކޮށްދީފައިވެއެވެ. ކުރީގެ ނައިބް ރައީސް އަހްމަދު އަދީބާއި ގާތްގުޅެއް އޮންނަ ހާމިދު އިސްމާއިލް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާނީ މެލޭޝިޔާގައި އުޅެމުންދަނިކޮށް އެގައުމުގެ ފުލުހުންގެ އެހީތެރިކަމާއި އެކުއެވެ.  އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލައެއްގައި ދައުލަތުން ހާމިދު އިސްމާއިލާއި ދެކޮޅަށް ވަނީ މަނީ ލޯންޑަރ ކުރުމުގެ ދައުވާ އުފުލާފައެވެ.