މުނިފޫހިފިލުވުން

އަކްޝޭގެ "ބައްޗަން ޕާންޑޭ" ޕްރައިމަށް


އަކްޝޭ ކުމާރު ވަރަށް ތަފާތު ގޮތަކަށް ފެންނާނެ ފިލްމެއް ކަމަށްވާ "ބައްޗަން ޕާންޑޭ" ސިނަމާތަކަށް ވެއްދީ މިދިޔަ މަހު 18 ގައެވެ. މި ފިލްމަށް ވަނީ ރަގަޅު ތަރުހީބެއްވެސް ވަނީ ލިބިފައެވެ. މިއާއިއެކު ޕްރޮޑަކްޝަން ޓީމުން މިހާރު ތައްޔާރުވަމުންދަނީ ފިލްމު ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ރިލީޒްކުރުމަށެވެ. މި ފިލްމު ޕްރިމިއާ ކުރާނީ ޕްރައިމް ވީޑިއޯ އިން މި މަހު 15 ގައެވެ.

ޖެކުލިން ފެނާންޑަޒްއާއި ކްރިތީ ސަނޫން ވެސް ފެނިގެންދާ މި ފިލުމުގައި އަކްޝޭ ދައްކުވައިދެނީ ވަރަށް ތަފާތު ރޯލެކެވެ. މި ރޯލު ކުޅެން އޭނާގެ އެއް ލޮލަށް ބަދަލު ގެންނަންވެސް ޖެހުނެވެ. 2014 ވަނަ އަހަރު ދެއްކި ތަމަޅަ ފިލްމު ''ޖިގަރްތަންޑާ'' ގެ ރީމޭކެއް ކަމަށްވާ "ބައްޗަން ޕާންޑޭ" އަކީ އެކްޝަން، ޑްރާމާ އަދި ކޮމެޑީވެސް ހިމެނޭ ފިލްމެކެވެ.

ފަރްހާދު ޝަމްޖީ ޑައިރެކްޓުކޮށް ސާޖިދު ނަދިއާދްވާލާ ޕްރޮޑިއުސްކޮށްފައިވާ މި ފިލްމުގައި އަކްޝޭ އާއި ކްރީތީ އަދި ޖެކްލިންގެ އިތުރުން ބޮބީ ޑިއޯލް، އަރުޝަދު ވާސީ އަދި ރިތޭޝް ދޭޝްމުކް ވެސް ފެނެއެވެ.