ކުޅިވަރު

ގަލޮޮޅު ކަންމައްޗާއި އެމްއޭސީއެލްއަށް މޮޅެއް


ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބާއްވާ ރަމަޟާން ކްރިކެޓް ކާނިވަލުގައި ހޯމަ ދުވަހު ކުޅުނު މެޗުތަކުން ގަލޮޅު ކަންމަތި އަދި އެމްއޭސީއެލް މޮޅުވެއްޖެއެވެ.

ހޯމަ ދުވަހު ކުޅުނު ފުރަތަމަ މެޗު ލަވޭލިޔާއާއި ބައްދަލުކޮށް ގަލޮޅު ކަންމަތިން ކާމިޔާބުކުރީ 60 ލަނޑުންއެވެ. ގަލޮޅު ކަންމަތިން 8 އޯވަރުގެ ތެރޭގައި 155 ލަނޑުހެދިއެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 51 ލަނޑު ހެދި އަފްލާހް އާއި 35 ލަނޑު ހެދި ނަޒީހްއެވެ. ޖަވާބުގައި ލަވޭލިޔާ ކުޅެންއަރާ 8 އޯވަރު ހަމަވިއިރު ހެދިފައިވަނީ 95 ލަނޑެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 32 ލަނޑު ހެދި އަސްސަދު އަބްދުލް ޣަނީ އާއި 25 ލަނޑު ހެދި އިސްމާއިލ ނާސިހެވެ.

ހޯމަ ދުވަހު ކުޅުނު ދެވަނަ މެޗު ކިންޒާ ކެފޭއާއި ބައްދަލުކޮށް އެމްއޭސީއެލް ކާމިޔާބުކުރީ 7 ވިކެޓުންނެވެ. ކިންޒާ ކެފޭއިން 8 އޯވަރުގެ ތެރޭގައި 60 ލަނޑުހެދިއެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 17 ލަނޑު ހެދި ފައިޒާންއެވެ. ޖަވާބުގައި އެމްއޭސީއެލުން ކުޅެންއަރާ ތިން އޯވަރުގެ ތެރޭގައި އެންމެ ކުޅުންތެރިއެއް ނުބައިވެގެން 66 ލަނޑު ހެދިއެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 35 ލަނޑު ހެދި އިސްމާއިލް އަލީއެވެ.

މި މުބާރާތުގައި އަންގާރަ ދުވަހުވެސް ދެ މެޗު ކުޅޭނެއެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ގަލޮޅު ކަންމަތި ބަނަފްސާ އާއި އޭއާރްސީއެވެ. އަދި ދެވަނަ މެޗުގައި ބައްދަލުކުރާނީ އެވިއާ މޯލްޑިވްސް އާއި ޑީއެސްސީއެވެ.