ކުޅިވަރު

ވޮރިއާސް އަތުން ޕެލިކަންސް ބަލިވެއްޖެ


އެން.ބީ.އޭ. ބާސްކެޓްބޯޅަ މުބާރާތުގައި ގޯލްޑަން ސްޓޭޓް ވޮރިއަރސް އާއި ނިއުއޯލިއަންސް ޕެލިކަންސް ބައްދަލުކުރިމެޗް ވޮރިއަރސް ކާމިޔާބުކޮށްފިއެވެ.

މި މެޗް ވޮރިއަރސް ކާމިޔާބުކުރީ 128 ޕޮއިންޓް 107 ޕޮއިންޓުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ވޮރިއަރސްގެ ކްލޭ ތޮމްޕްސަންވަނީ 41 ޕޮއިންޓް ހޯދާދީ 3 ރީބައުންޑް ނަގާދީ 2 އެސިސްޓް ކޮސްފައެވެ. އަދި ޕެލިކަންސްގެ ނާޖީ މާޝަލްވަނީ 19 ޕޮއިންޓް ހޯދާދީ 5 ރީބައުންޑް ނަގާ 6 އެސިސްޓް ކޮށްފައެވެ.

މިމުބާރާތުގައި ޑެލަސް މެވްރިކްސް އާއި ސެން އެންތޯނިއޯ ސްޕަރސް ބައްދަލުކުރިމެޗް 130 ޕޮއިންޓް 120 ޕޮއިންޓުން ކާމިޔާބުކުރީ މެވްރިކްސްއެވެ. މިމެޗްގައި މެވްރިކްސްގެ ލުކާ ޑޮންޗިޗްވަނީ 26 ޕޮއިންޓް ހޯދާދީ 8 ރީބައުންޑް ނަގާދީ 9 އެސިސްޓް ކޮށްފައެވެ. އަދި ސްޕަރސްގެ ކެލްޑަން ޖޯންސަންވަނީ 24 ޕޮއިންޓް ހޯދާދީ 6 ރީބައުންޑް ނަގާދީ 3 އެސިސްޓް ކޮށްފައެވެ. މީގެއިތުރުން ފިލަޑެލްފިއާ ސެވަންޓީ ސިކްސަރސް އާއި ޑެޓްރޮއިޓް ޕިސްޓަންސް ބައްދަލުކުރިމެޗް 118 ޕޮއިންޓް 106 ޕޮއިންޓުން ކާމިޔާބުކުރީ ސިކްސަރސްއެވެ. މިމެޗްގައި ސިކްސަރސްގެ ޝެކް މިލްތަންވަނީ 30 ޕޮއިންޓް ހޯދާދީ 4 ރީބައުންޑް ނަގާދީ 4 އެސިސްޓް ކޮށްފައެވެ. އަދި ޕިސްޓަންސްގެ ލޫކާ ގާޒާވަނީ 20 ޕޮއިންޓް ހޯދާދީ 10 ރީބައުންޑް ނަގާދީ 4 އެސިސްޓް ކޮށްފައެވެ.