ވިޔަފާރި

4 އަތޮޅެއްގައި ޓުއަރިޒަމް ތަރައްޤީކުރުމަށް ޚާއްސަ އިސްކަމެއް !


ފަތުރުވެރިކަން
ތަރައްޤީކުރުމަށް މިއަހަރުތެރޭ ޙާއްސަ އިސްކަމެއް ދިނުމަށް ހަމަޖެހިފައިވާ
އަތޮޅުތަކަކީ ހއ، ހދ، ލ އަދި
ހުވަދު އަތޮޅު ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.



ޕީއެސްއެމް
ނިއުސަށް މައުލޫމާތުދެއްވަމުން ޑެޕިއުޓީ މިނިސްޓަރ އޮފް ޓޫރިޒަމް، ހުސެއިން ލިރާރު
ވިދާޅުވީ ފަތުރުވެރިކަން ކުރިއެރެވުމަށްޓަކައި މިއަހަރުގެތެރޭ އެ ސަރަޙައްދުތަކަށް
ޙާއްސަ އިސްކަމެއް ދެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.



ލިރާރު ވިދާޅުވީ މިހާރުވެސް ރާއްޖޭގައި 50
ވުރެއް ގިނަ ރަށެއްގައި ރިސޯޓް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
އެހެން ނަމަވެސް މިއަހަރު ތެރޭ ހުޅުވޭނެ ކަމަށް ލަފާ ކުރެވެނީ 3 ރިސޯޓްް ކަމަށާއި
އެހެން ނަމަވެސް އަމާޒަކީ ފަސް އަހަރު ދުވަހުގެތެރޭގައި 50 ރިސޯޓްގެ އަމާޒު ހާސިލް
ކުރުން ކަމަށް ލިރާރު ވިދާޅުވިއެވެ. 2017 އަދި 2018 ވަނަ އަހަރުގެ ތެރޭ ރާއްޖޭގައި
ގިނަ އަދަދަކަށް ރިސޯޓް ހުޅުވިގެންދާނެކަމަށް ލަފާ ކުރެވޭ ކަމަށްވެސް ލިރާރު
ވިދާޅުވިއެވެ.