ޚަބަރު

ލިފްޓެއް ވެއްޓި ދެމީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާދެނީ


ލިފްޓެއް ވެއްޓި ދެ މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ ވެއްޓިފައިވަނީ ހުޅުމާލޭގެ ގުދަނެއްގައި ހުރި މުދާ އުފުލާ ލިފްޓެއްކަމަށެވެ. މިއަދު ހަވީރު 5 ޖެހިއިރު ހިނގި މިޙާދިސާގައި އަނިޔާވެފައިވަނީ ދެބިދޭސީއަކަށްކަމަށް ފުލުހުން ވިދާޅުވެއެވެ. މިހާރު މިދެމީހުންނަށްވެސް ފަރުވާދެމުން އަންނަނީ ހުޅުމާލޭ ހޮސްޕިޓަލުގައިކަމަށް ފުލުހުން ވިދާޅުވެއެވެ. އެހެންނަމަވެސް އެދެމީހުންނަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ހާމައެއް ނުކުރެއެވެ.

މިޙާދިސާ ފުލުހަށް ރިޕޯޓުކޮށްފައިވާކަމަށާއި މިޙާދިސާއާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ފުލުހުން ވިދާޅުވެއެވެ.