ވިޔަފާރި

އެލައިޑް އިންޝުއަރަންސްއިން ރަމަޟާން މޮޓޯ ކެމްޕެއިން ފަށައިފި


އެލައިޑް އިންޝުއަރަންސް ކުންފުންޏާއި އެކުންފުނީގެ އިސްލާމިކް ވިންޑޯ؛ އަޔާދީ ތަކާފުލް ގުޅިގެން ރަމަޟާން މޮޓޯ ކެމްޕެއިން ލޯންޗްކޮށްފިއެވެ.

8 އޭޕްރިލުން 22 މެއިގެ ނިޔަލަށް ކުރިޔަށްގެންދަން ހަމަޖެހިފައިވާ މިކެމްޕެއިންގެ ދަށުން މޮޓޯ ކޮމްޕްރިހެންސިވް ޕްލޭންސް ވަރަށް ހެޔޮ އަގުގައި ލިބޭނެ އިންތިޒާމްވަނީ ހަމަޖެހިފައެވެ. އަދި ބައްލަވައިގަންނަވާ ކޮންމެ މޮޓޯ ކޮމްޕްރިހެންސިވް ޕްލޭނަކާއި އެކު، ގޭތެރޭގައި ހުންނަ ސާމާނު ރައްކާތެރިކުރެވޭ ހޯމް ކޮންޓެންޓް ޕްލޭންގެ ވައުޗަރެއް މުޅިން ހިލޭ ލިބޭނެ ކަމުގައި އެލައިޑުން މައުލޫމާތު ދެއެވެ.

150،000 ރުފިޔާގެ ސާމާނަށް ކަވަރޭޖް ލިބޭ ގޮތަށް ތައްޔާރުކޮށްފައިވާ މިޕްލޭނަކީ އޮންލައިންކޮށް www.myallied.mv އިން ރެޑީމްކޮށްލެވޭ، ބޭނުން ފަރާތަކަށް ހަދިޔާވެސް ކޮށްލެވޭނެ ޕްލޭނެއްކަމުގައި އެލައިޑުން ފާހަގަކުރެއެވެ.

ރަމަޟާން މޮޓޯ ކެމްޕެއިން ފަށާފައިވަނީ 20-25 އިންސައްތައިގެ ބޮޑެތި ޑިސްކައުންޓް އަގުތަކަކާއެކުގައެވެ. ކޮމްޕްރިހެންސިވް މޮޓޯ ޕްލޭންސްއިން ސައިކަލު ރައްކާތެރިކުރުމުގެ އަގު އެވްރެޖްކޮށް 695 ރުފިޔާއާއި ހަމައަށް ތިރިކޮށްފައިވާއިރު ކާރު، ޖީޕް ފަދަ އުޅަނދު ރައްކާތެރިކުރުމަށް ހޭދަވަނީ އެންމެ 2,875 ރުފިޔާގެ ރޭންޖްގައި ހިމެނޭ އަދަދެކެވެ.

ވެހިކަލަށް ފުރިހަމަ ރައްކާތެރިކަން ލިބޭގޮތަށް ފަރުމާކޮށްފައިވާ ކޮމްޕްރިހެންސިވް މޮޓޯ ޕްލޭންސްއިން ރައްކާތެރިކަން ލިބޭ އާންމު ހާލަތްތަކުގެ ތެރޭގައި އަލިފާނުގެ ހާދިސާތަކުންނާއި ފެންބޮޑުވުމުން ލިބޭ ގެއްލުން، މީހުން ގަސްދުގައި ދޭ ގެއްލުން އަދި މީގެ އިތުރުން މަތިން އެއްޗެއް ވެއްޓިގެން އުޅަނދަށް ލިބޭ ގެއްލުންތަކާއި އެހެނިހެން ހާލަތްތައްވެސް ކަވަރު ކުރެއެވެ.

ރަމަޟާން ކެމްޕެއިނާއި ބެހޭގޮތުން މައުލޫމާތު ހިއްސާކުރަމުން އެލައިޑް އިންޝުއަރަންސްއިން ފާހަގަކުރެއްވި ގޮތުގައި ކާރުބާރު ބޮޑު މާލޭގެ މަގުތަކުގައި ދުއްވާއިރު ވެހިކަލަށް ފުލް ކަވަރއެއް އޮތުމަކީ މުހިންމު ކަމެކެވެ. ސަބަބަކީ ސަރުކާރުން ލާޒިމްކުރާ ތަރޑް ޕާޓީ މޮޓޯ ޕްލޭންސްއަކީ ހަމައެކަނި ތިންވަނަ ފަރާތާއި އެފަރާތުގެ ވެހިކަލަށް ލިބޭ ގެއްލުން ކަވަރުކުރާ ޕްލޭނަކަށްވުމެވެ. މިއާއި ހިލާފަށް ކޮމްޕްރިހެންސިވް މޮޓޯ ޕްލޭންސްއަކީ ވެހިކަލްގެ ވެރިފަރާތަށާއި އޭނާގެ އަމިއްލަ އުޅަނދަށް ލިބޭ ގެއްލުންތަކަށްވެސް ރައްކާތެރިކަން ލިބޭ ގޮތަށް ފަރުމާކޮށްފައިވާ ދެގުނަ ފައިދާ ކުރުވަނިވި ޕްލޭނެއްކަން އެލައިޑުން ފާހަގަކުރެއެވެ.

އަމިއްލަ ޖީބުން ހޭދަކޮށްގެން ނަގާ ޕްލޭންސްއިން އަމިއްލަ ވެހިކަލަށް ލިބޭ ގެއްލުންތަކަށް ރައްކާތެރިކަން ނުލިބޭ ވާހަކައަށް ކޮމްޕްރިހެންސިވް މޮޓޯއަކީ ދާއިމީ ހައްލެކެވެ. އެލައިޑުގެ އަމާޒަކީ ރަމަޟާން ކެމްޕެއިންގެ ތެރެއިން ކުންފުނިން ފޯރުކޮށްދޭ އާންމުންނަށް ބޭނުންތެރި ހިދުމަތްތަކާއި ގުޅޭ އެވެއަރނެސް އިތުރުކޮށް ހެޔޮއަގުގައި ހުރިހާ ފަރުދުންނަށްވެސް މިހިދުމަތް ހޯދޭނެ މަގު ތަނަވަސްކޮށްދިނުމެވެ. އެގޮތުން ރައްކާތެރިކަމުގެ ޑަބަލް ލޭޔަރއަކާއެކު ކުރިޔަށްގެންދާ މިކެމްޕެއިނު މަގުސަދަކީ މަގުމަތީގައިވެސް އަދި ގޭތެރޭގައިވެސް ދިވެހި އާއިލާތައްއެކު އެކީ ރައްކާތެރިކޮށް، ރަމަޝާން މަހުގެ އުފާ އަހަރަކަށް ދެމިގެންދާ ގޮތަށް ފޯރުކޮށްދިނުން ކަމުގައި އެލައިޑުން ފާހަގަކުރެއެވެ.