ޚަބަރު

5 ވަނަ ބުރިން ވެއްޓުނު ކުއްޖާ މަރުވެއްޖެ


ހުޅުމާލޭގެ އިމާރާތަކުން ވެއްޓުނު ތުއްތު ކުއްޖަކު މަރުވެއްޖެއެވެ. މި ހާދިސާގައި މަރުވެފައިވަނީ އުމުރުން 4 އަހަރުގެ އަންހެން ކުއްޖެކެވެ.

މި ކުއްޖާ މަރުވެފައިވަނީ ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް ރޭގެ ވަގުތެއްގައިކަމަށް ފުލުހުން ވިދާޅުވެއެވެ. ރޭ ދަންވަރު 12:30 ހިނގި މި ހާދިސާގައި މި ކުއްޖާ ވެއްޓިފައިވަނީ ހުޅުމާލޭ ފޭސް އެކެއްގެ ޕިކްޕޯސްޓް ހުރި ގޭގެ 5 ވަނަ ފަންގިފިލާއިންނެވެ.

އެ ކުއްޖާ ވެއްޓިގެން ނެގިއިރު ބޭރު ފުށުން މާބޮޑު ޒަހަމްތަކެއް ފެންނަން ނެތް ނަމަވެސް ކުއްޖާ އޮތީ ހޭނިތިފައިކަމަށް މަންޒަރު ދުށް ބައެއް މީހުންވަނީ ބުނެފައެވެ. މި ކުއްޖާ ވެއްޓުނު ސަބަބެއް އަދި ސާފު ނުވިނަމަވެސް މި މައްސަލާގައި ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށް ފުލުހުން ވިދާޅުވިއެވެ.