ޚަބަރު

އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބެންކް ހުޅުވައިފި


ޗައިނާއިން ޤާއިމުކުރި ބައިނަލްއަޤްވާމީ ބޭންކް އޭޝިއަން އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ބޭންކް އޭ.އައި.އައި.ބީ ރަސްމީކޮށް ހުޅުވައިފިއެވެ.މި ބޭންކް ރަސްމީ ގޮތުން ހުޅުވީ މިކަމަށް ބޭއްވި ރަސްމިއްޔާތެއްގައި  ޗައިނާގެ ރައީސް ޝީ ޖިންޕިންގްއެވެ. މިބޭންކުގެ ކައުންސިލްގައި ހިމެނޭ ގައުމުތަކުން މިއަދު މެންދުރުގެ ވަގުތެއްގައި ބައްދަލުކުރާނެ ކަމަށް ޗައިނާގެ ޚާރިޖިއްޔާއިން މަޢުލޫމާތުދެއެވެ.އޭ.އައި.އައި.ބީގެ ރައުސްމާލުގެ ގޮތުގައި 100 ބިލިއަން ޑޮލަރު ހުރި ކަމަށް ޚަބަރު ލިބެއެވެ. މިއީ ވޯލްޑް ބޭންކުގެ ރައުސްމާލުގެ ދެ ބައި ކުޅަ އެއްބަޔަށް ވާ އަދަދެކެވެ. މި ބޭންކުގެ މައިގަނޑު ތިން ހިއްސާދާރުންނަކީ ޗައިނާ، ރަޝިޔާ އަދި އިންޑިއާއެވެ. މި ބޭންކުގައި 57 މެމްބަރުން ހިމެނެއެވެ. މީގެ ތެރޭގައި ދިވެހި ރާއްޖެ ވެސް ހިމެނެއެވެ. މި ބޭންކުގެ މައިގަނޑު މަސައްކަތަކަށްވާނީ އޭޝިޔާގެ އެކި ގައުމުތަކުގައި ހިމެނޭ އުމްރާނީ ތަރައްޤީޤެ އެކި އެކި މަޝްރޫޢުތަކަށް މާލީ އެހީ ފޯރުކޮށް ދިނުން ކަމަށް ޗައިނާއިން މަޢުލޫމާތުދެއެވެ.