ޚަބަރު

ދިރާގުން ރޯދަމަހާއި ދިމާކޮށް ހާއްސަ ޕްރޮމޯޝަންތަކެއް


ދިރާގުން ރޯދަމަހާއި ދިމާކޮށް ހާއްސަ ޕްރޮމޯޝަންތަކެއް ތައާރަފްކޮށްފިއެވެ.

މި ޕްރޮމޯޝަންތަކުގެ ދަށުން ދިރާގު ފައިބަރ ބްރޯޑްބޭންޑް ރެޒިޑެންޝިއަލް ކަސްޓަމަރުންނަށް 50 އިންސައްތަ އިތުރު ޑޭޓާގެ ޙިދުމަތް އިތުރު އެއްވެސް ޗާޖަކާ ނުލައި އޭޕްރީލް މަހުގެ ނިޔަލަށް ލިބިގެންދާނެއެވެ. ދިރާގުން ބުނީ މިއީ ރޯދަ މަހު ގިނަވަގުތު އިންޓަނެޓް ބޭނުން ކުރުން ފަސޭހަ ކުރުމަށް ތައާރަފުކުރި ޕްލޭނެއްކަމަށެވެ.

ފައިބަރ ބްރޯޑްބޭންޑް ކަސްޓަމަރުންގެ އިތުރުން ދިރާގުގެ މޮބައިލް ކަސްޓަމަރުންނަށް ހާއްސަ ޕްލޭންތަކެއްވެސް ވަނީ ތައާރަފުކޮށްފައެވެ. އެގޮތުން ސޯޝަލް މީޑިއާއަކީ ގިނަ ކަސްޓަމަރުން ބޭނުންކުރާ ޕްލެޓްފޯމަކަށްވާތީވެ ރޯދަ މަހުގެ ޑޭޓާ ބަންޑަލްތަކުގައި ސޯޝަލް މީޑިއާ އެޕްތައް ބޭނުންކުރުމަށް މޯބައިލް އެޕް މެދުވެރިކޮށް 100 ޕަސެންޓް އިތުރު ޑޭޓާ ހިލޭ ލިބިގެންދާނެއެވެ. އަދި ސަޅި ޕްރިޕެއިޑް ކަސްޓަމަރުންނަށް ކޮންމެ ހަފްތާ ބަންދެއްގައި އިތުރު ދެ ޖީބީ ޑޭޓާ މުޅިން ހިލޭ ލިބިގެންދާނެއެވެ. މީގެ އިތުރުން އަމިއްލަ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް، އަމިއްލަ ވޮއިސް ޕްލޭނުން 50 ޕަސެންޓް ޑިސްކައުންޓް ލިބިގެންދާނެއެވެ.

އެހެން މަސްމަހާއި ހިލާފަށް ރޯދަމަހަކީ ތަފާތު އެކިއެކި ޕްރޮގްރާމްތައް ބެލުމުގައި ޓީވީގެ ޙިދުމަތް ބޭނުން ކުރުން އިތުރު މަހެކެވެ. އެގޮތުން ދިރާގުން ބުނީ އެ ކުންފުނިން ރޯދަމަހާއި ދިމާކޮށް ކަސްޓަމަރުންނަށް ދިރާގު ޓީވީގެ ހުރިހާ ޕެކޭޖަކުންވެސް އެ ޓީވީން ފޯރުކޮށްދޭ ހުރިހާ ޗެނަލެއް އިތުރު އެއްވެސް ޗާޖަކާއި ނުލާ ބެލޭނެ ގޮތް ހަދާފައިވާ ކަމަށެވެ. މީގެ އިތުރުންވެސް ދިރާގުންވަނީ ތަފާތު އެހެނިހެން ހަދިޔާތައް މި ރޯދަމަހާއި ގުޅުވައިގެން ހުޅުވާލާފައެވެ.

" އަޅުގަނޑުމެން އަދި އެބަ ހުޅަވާލަން ހާއްސަ ލަކީ ޑްރޯއެއް. މި ލަކީ ޑްރޯގަ ދިރާގު ގޯލްޑް ޕެކޭޖް ނަގާފައިވާ ކަސްޓަމަރުންގެ ތެރެއިން ހޮވާލެވޭ ނަސީބުވެރި ފަސް ފަރާތަކަށް އަޅުގަނޑުމެން ރޯދަވީއްލުމެއް 2 ބޭފުޅަކަށް މި ހުޅަވާލަނި " ދިރާގު އިވެންޓްސް އެންޑް އެޑްވަޓައިޒިންގ އެސިސްޓެންޓް މެނޭޖަރ ޝާރިއު އާދަމް ވިދާޅުވިއެވެ.

އެހެން އަހަރުތަކެކޭވެސް އެއްފަދައިން ދިރާގު ޕޭ މެދުވެރިކޮށް ފަސޭހަކަމާއިއެކު ފިތުރު ޒަކާތް ދެއްކޭނެ އިންތިޒާމް މިއަހަރުވެސް ދިރާގުންވަނީ ހަމަޖައްސާފައެވެ. އެގޮތުން ދިރާގު ކަސްޓަމަރުންނަށް ދިރާގު ޕޭ އާއި އެ ކުންފުނީގެ ވެބްސައިޓް https://bit.ly/3qPogbx މެދުވެރިކޮށް ޒަކާތް ދެއްކޭނެއެވެ. އަދި ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް *454*5# އަށް ގުޅައިގެންވެސް ފިތުރު ޒަކާތް ދެއްކޭނެއެވެ.