ޚަބަރު

ރަމަޟާންމަހުގެ ހަނދު ސާބިތުކުރުން މިރޭ އޮންނާނެ


މި އަހަރުގެ ރަމަޟާންމަހުގެ ހަނދު ސާބިތުކުރުމުގެ ޖަލްސާ މިރޭ އޮންނާނެއެވެ.

މި ޖަލްސާ އޮންނާނީ މިރޭ 20:30 ގައެވެ.

މިއަހަރުގެ ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ މުލަ ރޯދަ ދުވަހަކަށް ވާނީ މި ފެށުނު އޭޕްރިލް 2 ވާ ހޮނިހިރު ދުވަހެވެ.

އެހެން އަހަރަކުތަކެކޭވެސް އެއްގޮތަށް ހަނދު ސާބިތުކުރުމަށް މި އަހަރުގެ ރަމަޟާންމަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް ދޭންޖެހޭނީ މާލޭގައި ނަމަ ކޯޓެއްގެ ޤާޟީއެއްގެ ކުރި މަތީގައެވެ. އަތޮޅުތަކުގައި ނަމަ އެރަށެއްގެ މެޖިސްޓްރޭޓެއްގެ ކުރިމަތީގައިއެވެ. މެޖިސްޓްރޭޓް ކޯޓެއް ނެތްނަމަ އެރަށެއްގެ ކައުންސިލް ހިންގެވުމާ ހަވާލުވެ ހުންނެވި އެންމެ އިސްވެރިއެއްގެ ކުރިމަތީގައެވެ.

ހަނދު ފެނިގެން އެކަމުގެ މަޢުލޫމާތުދޭއިރު ގާތްގަނޑަކަށް ހަނދުހުރި އުސްމިނާއި، މިސްރާބާއި، އަދި މިނޫންވެސް މިފަދަ މުހިންމު މަޢުލޫމާތު ދޭންޖެހެއެވެ. އަދި ހަނދު ފެނި ހެކިބަސް އަދާކުރަން ދާ މީހާގެ ޚަރަދުތައް ހަމަޖައްސަމުން އަންނަނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންނެވެ.

ރާއްޖޭގައި ހަނދު ސާބިތުކުރުމުގައި އަމަލުކުރަމުން އަންނަނީ ރާއްޖެއަށް ހަނދު ނުފެނިއްޖެނަމަ ފަލަކީ ހިސާބަށް ބެލުމާއި މުސްލިމު ބޮޑެތި ޤައުމަތަކަށް ހަނދު ފެނޭތޯ ބެލުމެވެ.