ދުނިޔެ

ޔަހޫދީން ޕަލަސްތީނު ރައްޔިތުންނަށް ކުރިމަތިކުރާ ފިއްތުންތައް


ހުޅަނގު އައްސޭރީގައި ޔަހޫދީން ވަޒަންވެރިވެގެން އުޅޭ ސަރަހައްދުތަކުގައި މަސައްކަތް ކުރާ ފަލަސްޠީނުގެ އާއްމުން މަސައްކަތަށް ނިކުތުމަށް އިސްރާޢީލުން އަނެއްކާވެސް ހުރަސް އަޅައިފިއެވެ. މިއީ މިފަދަ ފަރާތްތަކަށް އިސްރާއީލުން ޖެހިޖެހިގެން ހުރަސް އެޅި 2 ވަނަ ފަހަރެވެ.

 

އިސްރާޢީލުން މިފަދަ ހުރަސްތަކެއް އަޅާފައި މިވަނީ ފަހަކަށް އައިސް މިސަރަޙައްދުތަކުގައި އިތުރުވެފައިވާ ހަމަނުޖެހުންތަކުގައި ޕަލަސްތީނުގެ ރައްޔިތުން ޔަހޫދީނަށް ހަމަލާދޭން މަސައްކަތްކުރާ ކަމަށް ބުނެއެވެ. ފަލަސްތީނުގެ ރައްޔިތުން ހެބްރޫން އަދި ހުޅަނގު އައްސޭރީގެ ސަރަހައްތުތަކުގައި ވަޒީފާ އަދާކުރުމަށް ދިއުމަށް ކޮންމެ ދުވަހަކުވެސް އިސްރާޢީލްގެ އޮފިޝަލުންގެ ފަރާތުން ފާސް ހޯދަން ޖެހެއެވެ. މިކަމުގެ ސަބަބުން ލިބޭ އާމްދަނީ މަދުވެ، އާންމު ދިރިއުޅުމަށް ބޮޑު ހީނަރުކަމެއް އަންނަމުންދާކަމަށް ފަލަސްތީނުގެ ރައްޔިތުން ބުނެއެވެ. އަދި އެތައް މަހެއް ވަންދެން ވަޒީފާއަށް ނުނުކުމެވުމުގެ ސަބަބުން އާއިލާއަށް ދުވަހުން ދުވަހަށް ހޯދަން ޖެހޭ ތަކެތި ހޯދައި، ކެއިން ބުއިމާއި އެހެނިހެން ޒަރޫރީ ބޭނުންތައް ފުއްދުމަށް ދަތިވާކަމަށް ޕަލަސްތީނުގެ ރައްޔިތުން ބުނެއެވެ.



މިސަރަހައްދުތަކުގައި 26,000 ވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ވަޒީފާ އަދާކުރަމުންދެއެވެ. އިސްރާއީލްގެ އޮފިޝަލުން ބުނިގޮތުގައި ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ހެބްރޫން، ހުޅަގު އައްސޭރި، ބެތެލްހެމް އަދި ރާމަﷲ އަށް ޕަލަސްތީނުގެ ރައްޔިތުން ވަދެ ނުކުމެ އުޅުމަށް ދީފައިވާ ފުރުސަތުތައް ދާނީ ހަރުކަށި ކުރަމުންނެވެ.