ކުޅިވަރު

ގްރޫޕްގެ އެއްވަނައިގައި ބަންގްލަދޭޝް ސެމީފައިނަލުން ޖާގަ ހޯދައިފި




ބަންގަބަންދު ގޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭގެ
އެއްވަނައިގައި ބަންގްލަދޭޝް ސެމީފައިނަލުން ޖާގަ ހޯދައިފިއެވެ. މިއަދު ނޭޕާލާ
ބަންގްލަދޭޝް ވާދަކުރިމެޗް ނިމުނީ ލަނޑެއް ނުޖެހިއެވެ.

މިނަތީޖާޔާއެކު ބަންގްލަދޭޝްއާ
ނޭޕްލްއަށްވެސް ލިބިފައިވަނީ 5 ޕޮއިންޓެވެ. ބަންގްލަދޭޝްއަށް ގްރޫޕްގެ އެއްވަނަ
ލިބެނީ ގޯލްގެ ތަފާތުންނެވެ. މިމެޗަށް ނިކުތްއިރުވެސް މިދެޓީމަށްވަނީ ސެމީގެ ފުރުސަތު
ލިބިފައެވެ. މިގްރޫޕުން ސެމީއަށް ނުގޮސް ކެޓީ ސްރީލަންކާއާއި، މެލޭޝިއާގެ ފެލްޑާ
ޔުނައިޓެޑެވެ.



މިމުބާރާތުގައި ސްރީލަންކާ ވަނީ މިއަދު މޮޅަކާއެކު ބަންގަބަންދު ގޯލްޑްކަޕް ފުޓްބޯޅަ
މުބާރާތް ނިންމާލައެވެ. މިއަދު ބަންގަބަންދު ސްޓޭޑިއަމްގައި ކުޅުނު މެޗް
މެލޭޝިއާގެ ފެލްޑާ ޔުނައިޓެޑާ ވާދަކޮށް ލަންކާ ކާމިޔާބުކުރީ ދެލަނޑު އެއްލަނޑުންނެވެ.

މެޗް ފެށިއިރުވެސް މުބާރާތުން ކަޓާފައިވާ ލަންކާއަށް މެޗްގެ ފުރަތަމަ ހާފްގައި
ލަނޑުޖަހައިދިނީ ނިޕޫނާ ބަންޑާރައެވެ. ދެވަނަ ހާފްގައި ލަންކާއަށް ލީޑު ފުޅާކޮށްދިނީ
ޗަތުރަންގައެވެ. ސެމީފައިނަލަށް ދިއުމަށް މެޗް ކާމިޔާބުކުރަން މަޖުބޫރު މެލޭޝިއާގެ
ފެލްޑާގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ނޫރު ފަޒްލީއެވެ.