ކުޅިވަރު

ފޯކައިދޫއާ ފޭދޫ ސެމީގެ ފުރުސަތު ބޮޑުކޮށްފި


މިނިވަން ފަންސާސް ފުޓްބޯޅަ މުބާރާތުގެ ފަހު ބުރުގައި މިއަދު
ކުޅުދުއްފުށީގައި ކުޅުނު މެޗް ކާމިޔާބުކޮށް ފޯކައިދޫ ސެމީފައިންގެ ޖާގައަކާ
ކައިރިއަށް ޖެހިލައިފިއެވެ. މާމިގިލި ޓީމާ ވާދަކޮށް ފޯކައިދޫ މިމެޗް ކާމިޔާބުކުރީ
ތިންލަނޑު އެއްލަނޑުންނެވެ. ފޯކައިދޫ ވަނީ މިމުބާރާތުގައި ކުޅުނު ފުރަތަމަ މެޗްވެސް
ކާމިޔާބުކޮށްފައެވެ. މާމިގިލި ކުޅުނު ފުރަތަމަ މެޗް ނިމުނީ އެއްވަރުވެގެންނެވެ. އައްޑޫ ސިޓީގައި
މިއަދު ކުޅުނު މެޗް ކާމިޔާބުކޮށް ފޭދޫވެސް ވަނީ ސެމީގެ ފުރުސަތު ބޮޑުކޮށްފަ. ލ ގަމާ
ވާދަކޮށް ފޭދޫ މެޗް ކާމިޔާބުކުރީ ތިންލަނޑު ދެލަނޑުންނެވެ. މިއީ ފޭދޫވެސް މުބާރާތުގައި ކާމިޔާބުކުރި ދެވަނަ މެޗެވެ. މިމުބާރާތުގެ ސެމީފައިނަލް
މެޗްތަކާ ފައިނަލް މެޗް ކުޅޭނީ އައްޑޫ ސިޓީގައެވެ.