ވިޔަފާރި

ފިހާރަތައް ބަންދުކުރާގަޑި އަނެއްކާވެސް 22:00އަށް ބަދަލުކޮށްފި


ރޭގަނޑު ފިހާރަތައް ބަންދުކުރަންޖެހޭ ގަޑި އަނެއްކާވެސް 10:00އަށް ބަދަލުކުރައްވައިފިއެވެ.ހުސްވި ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުން ފެށިގެން މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް،  ފިހާރަތައް ރޭގަނޑު 11 ޖަހަންދެން ހުޅުވާފައި ބެހެއްޓޭގޮތަށް އިކޮނޮމިކް މިނިސްޓްރީން ކުރިންވަނީ ހަމަޖައްސަވާފައެވެ. އެ މިނިސްޓްރީން މިގޮތަށް ކުރިން  ހަމަޖެއްސެވީ،  ސްކޫލްތައް ހުޅުވަން އޭރު ކުޑަ ދުވަސްކޮޅަކަށް ވެފައި އޮތުމުން އަތޮޅުތެރެއިން މާލެއަށް ބާޒާރުކުރަން އަންނަ ފަރާތްތަކާއި، ޗުއްޓީއަށް އެކި ތަންތަންނަށް ދިޔުމަށް ފަހު މާލެ އަންނަ ފަރާތްތަކަށް، ސްކޫލް ކުދިންނަށް ގަންނަން ބޭނުންވާ ތަކެތި ގަތުމުގައި ލުއި ފަސޭހަ ގޮތްތަކެއް އިންތިޒާމްކޮށްދެއްވުމުގެ ގޮތުންނެވެ. އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ މި ޤަވާއިދާއި ޚިލާފުވާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.