ދީން

އިސްލާމީ ވަންތަކަން ނައްތާލުމަށް ފުރުޞަތު ނުދިނުމަށް ގޮވާލައިފި


ޒަމާނީ ފިކުރީހަނގުރާމަވެރިން ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ބައެއް، އިސްލާމްދީނުން ބޭރުކޮށްރާއްޖޭގެ ސައްތައިން ސައްތަ އިސްލާމީ ވަންތަކަން ނައްތާލުމަށްމަސައްކަތްކުރަމުންދާތީ އެފަރާތްތަކަށް އެފުރުޞަތު ނުދިނުމަށް ރާއްޖޭގައި މިއަދުދެއްވި ހުކުރު ޚުޠުބާގައި ގޮވާލައްވައިފިއެވެ.

މިއަދުގެ ހުކުރު ޚުޠުބާޚާއްސަކުރައްވާފައިވަނީ ރާއްޖެ އިސްލާމްވި ދުވަހުގެ ހަނދާންތައް އާކުރުމުގެމައުޟޫއަށެވެ. މިއަދު ދުނިޔެ ހޯދާފައިވާ ޓެކްނޮލޮޖީއާއި ރަށްވެހިކަމުގެ ސަބަބުންއިންސާނާގެ ޙަޔާތަށް މާއްދީ ގިނަގުނަ ފާގަތިކަމާއި އަރާމުތައް ލިބެމުންދާކަމަށާއި،ނަމަވެސް އިސްލާމްދީނުގެ ޢިލްމާ ދުރުވެއްޖެނަމަ އޭނާއަށް ބޭނުންވާ ރޫޙާނީ ކާނާތައްދާނީ މަދުވަމުން، ފަޤީރުވަމުންކަމަށް ހުކުރު ޚުޠުބާގައި ފާހަގަ ކުރައްވާފައިވެއެވެ.

އެހެންކަމުންއިސްލާމްދީނުގެ އަގުތައް މިއަދު މުސްލިމުންގެ ހިތްތަކުގައި އަލުން ދިރުވަންޖެހިފައިވާކަމަށާއި، އިންސާނާގެ ޙަޔާތަށް ހިތްހަމަޖެހުމާއި ބާއްޖަވެރިކަންގެނެސްދިނުމާ، އެކުވެރިކަމާއި އޯގާވެރިކަމާއި، އެއްބަނޑު އެއްބަފާކަމުގެޝުޢޫރުތައް އިންދާ ހެއްދުމަށް އިސްލާމްދީން މިއަދު ބޭނުންވެފައިވާކަން ޚުޠުބާގައި ފާހަގަކުރައްވާފައިވެއެވެ. 

ރާއްޖޭގެ ސްކޫލްތަކުގެ ކިޔެވުން ނިމުނު ހަފްތާގައިފެށިފައިވުމާއިއެކު، ދަރިވަރުންނަށް އިސްލާމްދީން އޭގެ އެންމެފުރިހަމަ ގޮތުގައިއުނގަންނައިދޭން ސަރުކާރުންނާއި، ބެލެނިވެރިން މަސައްކަތްކުރަންޖެހޭކަން ހުޠުބާގައިހަނދާންކޮށްދެއްވިއެވެ. އިސްލާމްދީން ޙިމާޔަތްކުރުމަށްޓަކައި، އެދީން އުނގެނުމާއިއެދީނާ އެއްގޮތަށް ޢަމަލުކުރުމަކީ ކޮންމެ މުސްލިމަކަށް ލާޒިމުކަމެއްކަން އަންގައިދޭންޖެހޭކަންފާހަގަކުރައްވާ ޤުރުއާނުގެ މިންވަރެއް ހިތުދަސްކޮށްދިނުން ބެލެނިވެރިންނާސަރުކާރަށް ލާޒިމުކަން ޚުޠުބާގައި ފާހަގަކުރެއްވިއެވެ. 

ރާއްޖެއަށް އަމާޒުކޮށްމިޒަމާނުގެ ފިކުރީ ހަނގުރާމައިގެ އަހުލުވެރިން މަސައްކަތްކުރަނީ ވަރަށް މަކަރުވެރިޢިލްމީ ރޭވުންތަކެއްގެ ތެރެއިންކަމަށާއި، އޭގެ ލަނޑުދަނޑިއަކީ ކުރިއަށް އޮތްއަހަރުތަކުގެ ތެރޭގައި ރާއްޖޭގެ މުސްލިމުންގެ ތެރެއިން ބައެއް އިސްލާމްދީނުންބޭރުކޮށް ރާއްޖޭގެ ސައްތަ އިން ސައްތަ އިސްލާމީވަންތަކަން ނައްތާލުންކަމަށް މިއަދުގެހުކުރު ޚުޠުބާގައި ފާހަގަކުރައްވާފައިވެއެވެ.އިސްލާމްދީނަކީ އިންސާނާގެ މުޅި ހަޔާތްކަމަށާއި، އިސްލާމްދީނާއި ދުރުހެލިވަމުންދިޔަވަރަކަށް ސުލޫކާއި އުޅުންތައް ނުބައިވެ އެބަޔަކު ހަލާކުވެދާނެކަން ހަނދާންކޮށްދެއްވަމުން،ސިޔާސީ އިޖްތިމާޢީ އަދި އިޤްތިޞާދީ ކުރިއެރުމުގެ ލަގަން އޮތީ އިސްލާމްދީނުގައި ހިފެހެއްޓިމިންވަރެއްގެ މަތީކަމަށްވެސް މިއަދުގެ ހުކުރު ޚުޠުބާގައި ފާހަގަކުރައްވާފައިވެއެވެ.