ކުޅިވަރު

ފިޔޯރީ ބަލިކޮށް ވާދޫން ރާއްޖެ އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފި


ރާއްޖެ އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕްގެ ގދ އަތޮޅުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ގދ ވާދޫ ސޮސައިޓީ ފޯ ވާދޫ ޔޫތު (އެސްވީވައި) އިން ހޯދައިފިއެވެ.

މުބާރާތުގެ ފިރިހެން ޑިވިޝަނުގައި ދެ ޓީމު ބައިވެރިވެފައިވާތީ މި ޑިވިޝަން ކުޅުނީ ބެސްޓް އޮފް ތްރީއަށެވެ. އެއީ ދެ ޓީމުގެ މެދުގައި ތިން މެޗު ކުޅޭ ގޮތެވެ. އަދި އޭގެ ތެރެއިން ދެ މެޗު ކާމިޔާބުކުރާ ޓީމަކަށް ޗެމްޕިއަންކަން ލިބޭނެއެވެ.

ރޭ ކުޅުނު ދެވަނަ މެޗު އެސްވީވައި އިން ކާމިޔާބު ކޮށްފައިވަނީ ސީދާ ތިން ސެޓުންނެވެ.

މެޗުގެ ސެޓުތައް އެސްވީވައި އިން ގެންދިޔައީ 25-20، 25-22 އަދި 25-17 އިންނެވެ.

ރާއްޖެ އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕަކީ ރާއްޖޭގެ ވޮލީ އެހެން ހަރުފަތަކަށް ގެންދިޔުމަށާއި އަތޮޅު ތެރޭގައި ވޮލީގެ ފޯރި ގަދަކުރުމަށާއި އަތޮޅު ތެރޭގައި ވޮލީއަށް މޮޅެތި ކުޅުންތެރިން އުފެއްދުމަށް ކުޅިވަރާ ބެހޭ ވުޒާރާއާ ވީއޭއެމްއިން ކުރާ މަސައްކަތެއް ކަމަށް މުބާރާތް ހިންގުމާ ހަވާލުވެ ހުންނެވި ވީއޭއެމްގެ ނައިބު ރައީސް ޢަލީ އަޝްރަފް ވިދާޅުވެއެވެ.