ޚަބަރު

ފުލުހުންގެ އަހަރީ ދުވަހާ ގުޅިގެން ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި


މިއަދު ފާހަގަކުރަމުންދާ ފުލުހުންގެ 89 ވަނަ އަހަރީ ދުވަހާއި ގުޅިގެން މާލެ އާއި އަތޮޅުތެރޭގެ ހުރިހާ ސްޓޭޝަނެއްގައި ދިދަ ނެގުމުގެ ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފިއެވެ.

މާލޭގައި ދިދި ނެގުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ މައި މަރުކަޒު ޝަހީދު ޙުސައިން އާދަމް ބިލްޑިންގގައެވެ. އަދި އަތޮޅުތަކުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ގެންގޮސްފައިވަނީ ރަށްރަށުގެ ޕޮލިސް ސްޓޭޝަންތަކުގައެވެ.

މިއީ ފާއިތުވެދިޔަ 2 އަހަރު ކޯވިޑާއި ގުޅިގެން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށްފަހު ގިނަ އަދަދެއްގެ ފުލުހުންގެ ބައަވެރިވުމާއިއެކު ބޭއްވި ފުރަތަމަ ދިދަދަ ނެގުމުގެ ރަސްމިއްޔާތެވެ. ރޭ ދަންވަރު ބާރަޖެހިއިރު އޮތް ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އާއި، ކަަމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ބައިވެރިވެ ވަޑައިގެންނެވިއެވެ.

ދިވެހިރާއްޖޭގައި ފުލުހުންގެ ޚިދުމަތް ރަސްމީގޮތުން ފެށިފައިވަނީ 1932 ވަނަ އަހަރެވެ.