ސިޔާސީ

އައި.އެމް.އެފްގެ ވަފުދުން މާލިއްޔަތު ކޮމިޓީއާއި ބައްދަލުކޮށްފި


ރާއްޖޭގެ އިޤްތިޞާދަށް އަންނަމުންދާ ބަދަލުތަކާއި، ރާއްޖޭގެ އިޤްތިޞާދީ ޙާލަތު މިހާރު އޮތް ހިސާބާއި ގުޅޭ މަޢުލޫމާތު ހޯއްދެވުމަށް ބައިނަލްއަޤްވާމީ މާލީ އިދާރާ، އައިއެމްއެފުން ރާއްޖެ ވަޑައިގެން އުޅުއްވާ ވަފުދުގެ ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާއި އިޤްތިޞާދީ ކޮމިޓީއާއި ބައްދަލުކުރައްވައިފިއެވެ.ކޮންމެ އަހަރަކު ވެސް ދެ ފަހަރެއްގެމަތިން އައިއެމްއެފްގެ މިޝަނެއް ރާއްޖެ ވަޑައިގެން ރާއްޖޭގެ އިޤްތިޞާދު ރިވިއު ކުރުމުގެ މަސައްކަތް ކުރައްވާ ރިޕޯޓް ނެރުއްވައެވެ.ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުޤައްރިރު، ވިލިމާފަންނު ދާއިރާގެ މެންބަރު އަޙްމަދު ނިހާން ވިދާޅުވީ އައިއެމްއެފްގެ ޓީމުން ރާއްޖޭގެ އިޤްތިޞާދަށް އަންނަމުންދާ ބަދަލުތަކާއި ގުޅޭ މަޢުލޫމާތު ހޯއްދަވާފައިކަމަށެވެ. އަދި ކޮމިޓީތަކުގެ މެމްބަރުންވެސް އެބޭފުޅުންގެ ޚިޔާާލު އައިއެމްއެފްގެ ވަފުދާ ހިއްސާކުރެއްވިކަމަށްވެސް މާލިއްޔަތު ކޮމިޓީގެ މުޤައްރިރު ވިދާޅުވިއެވެ.އިޤްތިޞާދީ ގޮތުން ރާއްޖެ މިހާރު އޮތް ހިސާބާއި، މިއަހަރުގެ ތެރޭގައި ރާއްޖޭގެ އިޤްތިޞާދަށް އަންނާނެ ކުރިއެރުންތަކާބެހޭ މަޢުލޫމާތު އައިއެމްއެފުން ހޯއްދަވާފައިވެއެވެ.