ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސެލް މުބާރާތް ކަމަށްވާ ސްނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2022 ގެ ކުއާޓާ ފައިނަލުގެ މެޗުތައް ކާމިޔާބުކޮށް އެންމެ ފަހުގެ ޗެމްޕިއަން ތ. ތިމަރަފުއްޓާއި، މާލެގަން، ދ. ކުޑަހުވަދޫ އަދި ކ. ގާފަރު ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.
އެންމެ ފަހުގެ ޗެމްޕިއަން ތިމަރަފުށި ސެމީ ފައިނަލުގެ ޖާގަ ކަށަވަރުކުރީ ފަސޭހަކަމާއެކު ދުވާފަރު 8-2 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ. މި މެޗުގައި ތިމަރަފުށީގެ އިބްރާހީމް އަސްވަދު (ގަބޭ)ގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ.
ރޭ ކުޅުނު ސެމީ ފައިނަލް މެޗުތަކުގެ ތެރެއިން އެންމެ ފޯރިގަދަކޮށް ދިޔައީ އޭދަފުއްޓާއި، ކުޑަހުވަދޫ ބައްދަލުކުރި މެޗެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، 4-4ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެފައި އޮތުމުން ޖެހި ޕެނަލްޓީން ކުޑަހުވަދޫ ކުރިހޯދީ 3-2 ގެ ނަތީޖާއަކުންނެވެ.
މި ނަތީޖާއާއެކު ކުޑަހުވަދޫން ސެމީ ފައިނަލުގައި ނުކުންނަން ޖެހޭނީ ޗެމްޕިއަން ތިމަރަފުއްޓާއި ދެކޮޅަށެވެ.
ސެމީ ފައިނަލުގެ ޖާގައެއް ގާފަރުން ހޯދީ މާފަންނު 4-0 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ. މި މެޗުގައި ގާފަރުން ކާމިޔާބުކުރި ލަނޑުތައް އެޓީމަށް ޖަހައިދީފައިވަނީ އަލީ މާއިސް އަދި ނާހިލް މުފީދެވެ. މި ދެ ކުޅުންތެރިންވެސް ދެ ލަނޑު ވަނީ ޖަހައިފައެވެ.
ހުޅުމާލޭގެ މައްޗަށް މާލެގަން އިން ކުރިހޯދީ 3-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި މާލެގަންއިން ޖެހި ލަނޑުތައް އެ ޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު ވިޝާޙް އިބްރާހީމް އާއި އިބްރާހީމް އަރީޝް އަދި މުޙައްމަދު ސާދު ނިޒާރެވެ.
މި ނަތީޖާތަކާއެކު ސެމީގައި ގާފަރުން ނުކުންނަން ޖެހޭނީ މާލެގަން އާއި ދެކޮޅަށެވެ.