ކުޅިވަރު

ސީބީއެލް އާއި މިލާން ފައިނަލަށް


ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން ކުރިއަށް ގެންދާ ޓީ10 ކްރިކެޓް މުބާރާތުގެ ފައިނަލުގައި ސީބީއެލް އަދި މިލާން ކްރިކެޓް އެކަޑަމީ ބައްދަލުކުރަން ޖެހިއްޖެއެވެ.

އިއްޔެ ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ މެޗު ކޮމެޓްސް ކްރިކެޓް ކްލަބާއި ބައްދަލުކޮށް ސީބީއެލް ކާމިޔާކުރީ 9 ވިކެޓުންއެވެ.

ޓޮސް ދިމާވުމުން ކޮމެޓްސް ގަސްދުކުރީ ކުޅުމަށެވެ. ކުޅެންއަރާ 10 އޯވަރުހަމަވިއިރު 4 ކުޅުންތެރިން ނުބައިވެގެން ހަދާފައިވަނީ 73 ލަނޑުއެވެ. އެންމެ ރަގަޅަށް ކުޅުނީ 37 ލަނޑު ހެދި ހަސަން ސައުފްއެވެ.

ޖަވާބުގައި ސީބީއެލް ކުޅެންއަރާ 7 ވަނަ އޯވަރުގައި އެންމެ ކުޅުންތެރިއެއް ނުބައިވެގެން 74 ލަނޑު ހަދާ މެޗް ކާމިޔާބުކުރިއެވެ. ސީބީއެލްއިން އެންމެ ރަނގަޅަށް ކުނީ 41 ލަނޑު ހެދި މަނޯޖްއެވެ.

ސެމީ ފައިނަލުގެ ދެވަނަ މެޗު މާލޭ ސްޕޯރޓްސް ކްލަބާއި ބައްދަލުކޮށް 9 ވިކެޓުން ކާމިޔާބުކުރީ މިލާން ކްރިކެޓް އެކަޑަމީއެވެ.

ގުރުދިމާވުމުން މިލާން ގަސްދުކުރީ ހޮވުމަށެވެ. މާލޭ ސްޕޯރޓްސް ކްލަބް ކުޅެންއަރާ 10 އޯވަރު ހަމަވިއިރު 5 ކުޅުންތެރިން ނުބައިވެގެން 112 ލަނޑު ހެދިއެވެ.
މާލޭ ސްޕޯޓްސް ކުލަބުން އެންމެ ރަނގަޅަށް ކުޅުނީ 47 ލަނޑު ހެދި ސަމަން އާއި 28 ލަނޑު ހެދި ފާއިޒްއެވެ.

ޖަވާބުގައި މިލާން ކުޅެންއަރާ 8.2 ވަނަ އޯވަރުގައި އެންމެ ކުޅުންތެރިއެއް ނުބައިވެގެން 115 ލަނޑުހަދާ މެޗު ކާމިޔާބުކުރިއެވެ. މިލާނުން އެންމެ ރަނަގަޅަށް ކުޅުނީ 58 ލަނޑު ހެދި އާދަމް ނާސިފް އެވެ.

މުބަރާތުގެ ދެމެޗު މިއަދު ވެސް ކުޅޭނެއެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އައިޒީއާއި ނިއުސްޓާ އަދި މެންދުރުފަހު ފައިނަލުގައި މިލާންއާއި ސީބީއެލްއެވެ. މި މުބާރާތުގެ ފައިނަލް މެޗު ޔެސް ޓީވީން ލައިވް ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.