ޚަބަރު

ސަރުކާރުގެ ރަސްމީ ދަތުރުތައް، ޤައުމީ އެއާލައިނަށް !


ދަޢުލަތުގެ އޮފީސްތަކުން ވައިގެ މަގުން ރާއްޖެއާއި ރާއްޖެއިން ބޭރަށް ކުރާ ދަތުރުތައް އައިލެންޑް އޭވިއޭޝަން މެދުވެރިކޮށް ކުރެއްވުމަށް ފިނޭންސް މިނިސްޓްރީން އަންގަވައިފިއެވެ.ފިނޭންސް މިނިސްޓަރ ޢަބްދުﷲ ޖިހާދު ސޮއިކުރައްވާ މިދިޔަ ހޯމަ ދުވަހު ނެރުއްވާފައިވާ ސާކިއުލާއެއްގައި ވިދާޅުވެފައިވަނީ، ވައިގެ މަގުން ރާއްޖެއާއި ރާއްޖެއިން ބޭރުގެ ހުރިހާ މަންޒިލަކަށް ކުރާ ދަތުރުތައް ހަމަޖައްސަވަން ޖެހޭނީ ޤައުމީ އެއަރލައިން، އައިލެންޑް އޭވިއޭޝަންގެ ޓްރެވަލް ޑިވިޝަން ކަމުގައިވާ މޯލްޑިވްސް ހޮލިޑޭ އިންކަމަށެވެ. އަދި މިގޮތަށް ހަމަޖެއްސެވީ ދަޢުލަތުގެ އޮފީސްތަކުން ކުރާ ދަތުރުތައް ލުއި ފަސޭހަކަމާއި އިތުބާރާއެކު ހެޔޮ އަގެއްގައި ހަމަޖެއްސެވުމަށްކަމަށް މި ސާކިއުލާގައި ވިދާޅުވެފައިވެއެވެ.މިކަމުގައި ދަޢުލަތުގެ އޮފީސްތަކުން ގެންގުޅުއްވަންވީ އުޞޫލުތައްވެސް މި ސާކިއުލާގައި ބަޔާންކުރައްވާފައިވެއެވެ. މިގޮތުން ސީޓް ހޯދުމަށް އެދެންޖެހޭ މުއްދަތާއި ޓިކެޓް ނެގުމަށް ބޭނުންވާ ޕާރޗޭސް އޯޑަރު ފޮނުވަންވީ މުއްދަތުތައްވެސް ބަޔާންކުރައްވާފައިވެއެވެ.