ޚަބަރު

ބީއެމްއެލް ހިއްސާގެ ފައިދާގެ ގޮތުގައި ރެކޯޑު އަދަދެއް ބަހަން ނިންމައިފި


މިދިޔަ އަހަރުގެ ފައިނަލް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 35 ރުފިޔާ ބަހަން ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފިއެވެ.
މިއީ އެ ކުންފުނީގެ ތާރީޚުގައި ހިއްސާއަކަށް އެންމެ ބޮޑު ފައިދާއެއް ދޭނެ އަހަރެވެ.

ބީއެމްއެލްއިން މައުލޫމާތު ދޭގޮތުގައި އެބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކުރީ މިދިޔަ އަހަރުގެ ފައިނަލް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 35 ރުފިޔާގެ މަގުން 188.3 މިލިއަން ރުފިޔާ އަދި އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 13 ރުފިޔާގެ މަގުން ޖުމްލަ 69.9 މިލިއަން ރުފިޔާ ހިއްސާގެ ފައިދާގެ ގޮތުގައި ބެހުމަށް ކަމަށެވެ.

ފައިނަލް ޑިވިޑެންޑްގެ ގޮތުގައި ކަނޑައަޅާފައިވާ އަދަދު ބަހާނީ، އަހަރީ އާންމު ޖަލްސާއަށް ހުށަހަޅައި ފާސްކޮށްގެން ކަމަށް ބީއެމްއެލް އިން ބުނެއެވެ. ބޭންކުގެ ހިއްސާގެ ފައިދާ ބަހާނީ އަންނަ މަހުގެ 10ގެ ކުރިން ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

ބީއެމްއެލްއިންވަނީ 2020ގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 15ރ. މަގުން ޖުމްލަ 80.7 މިލިއަން ރުފިޔާ ބަހާފައެވެ.