ޚަބަރު

އަންހެންކުދިން މަދަރުސާއަށް ދިޔުން ޠާލިބާނުން މަނާކޮށްފި


އަންހެންކުދިން މަދަރުސާއަށް ދިޔުން އަފްޣާނިސްތާނުގައި ވެރިކަންކުރާ ޠާލިބާން ޖަމާޢަތުން މަނާކޮށްފިއެވެ.

އަންހެންކުދިން މަދަރުސާއަށް ދިޔުން މަނާކުރިކަން އެނގުނީ ދަރިވަރުން މަދަރުސާތަކަށް ދިޔުމުންނެވެ. ޠާލިބާނުން ބުނެފައިވަނީ އަންހެންކުދިން މަދަރުސާއަށް ދިޔުމަށް ޙުއްދަދިނުމަށްފަހު އެ ނިންމުން އަނބުރާ ގެނެސްފައިވަނީ ޝަރުޢީ ހަމަތަކުގެ މަތިން އަލުން ޙުއްދަދިނުމަށްކަމަށެވެ.

1996ވަނަ އަހަރުން 2001ވަނަ އަހަރަށް އަފްޣާނިސްތާނުގައި އޮތް ޠާލިބާނުންގެ ވެރިކަމުގެ ދުވަސްވަރުވެސް އަންހެންކުދިން މަދަރުސާއަށް ދިޔުންވަނީ މަނާކޮށްފައެވެ. އަދި ދެވަނަ ފަހަރަށް އަފްޣާނިސްތާނުގެ ވެރިކަމަށް ޠާލިބާނުން އައުމުން އަންހެންކުދިންނަށް އެ ފުރުޞަތު އަނެއްކާވެސް ގެއްލޭނެކަމަށް އޮތީ ބެލެވިފައެވެ. އަފްޣާނިސްތާނުގައި އޮތް ޠާލިބާނުންގެ ވެރިކަން ބަލައިގަތުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ކޮށްފައިވާ އެންމެ މުޙިއްމު ޝަރުތަކީވެސް އަންހެންކުދިން މަދަރުސާއަށް ދިޔުމަށް ފުރުޞަތު ދިނުމެވެ.