ސިޔާސީ

މަޖިލިސް މިއަހަރަށް ހުޅުވުން ފެބުރުއަރީ 4 ގައި


މިއަހަރަށް
ރައްޔިތުންގެ މަޖިލިސް ހުޅުވާ ޖަލްސާ އަންނަ ފެބުރުއަރީ މަހުގެ ހަތަރު ވަނަ ދުވަހު
ބާއްވަވާގޮތަށް ހަމަޖައްސަވައިފިއެވެ. މަޖިލީހުގެ އިދާރާއިން ވަނީ މެމްބަރުންނަށް
އެކަން އަންގަވާފައެވެ. ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރު ހުޅުވުމަށް
ބާއްވަވާ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާނެއެވެ. 

ޤާނޫނު އަސާސީގެ 84 ވަނަ މާއްދާގައި ވަނީ ކޮންމެ އަހަރެއްގެ ރައްޔިތުންގެ
މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ޤައުމުގެ ހާލަތު ބަޔާންކޮށްދީ
އަދި ޤައުމުގެ ހާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ ކަަމަށް، ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ
ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް އެމަނިކުފާނު ރައްޔިތުންގެ
މަޖިލީހަށް އިއްވަވަންވާނެކަމަށެވެ. އަދި ރައީސުލްޖުމްހުރިއްޔާ
ރިޔާސީ ބަޔާން އިއްވެވުމުން  މަޖިލީހުގެ
މެޖޯރިޓީ ލީޑަރު ރިޔާސީ ބަޔާނަށް ޖަވާބުދެއްވަންވާނެ ކަމަށް މަޖިލީހުގެ
ޤަވާއިދުގައިވެއެވެ. 

ރައްޔިތުންގެ މަޖިލީހުގެ މިދިޔަ އަހަރުގެ، ފަހު ޖަލްސާ
ބައްވާފައި ވަނީ ނޮވެމްބަރު މަހުގެ ސައްބީސް ވަނަ ދުވަހުއެވެ. މިދިޔަ
އަހަރު ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތެރިކަމުގެ ނިސްބަތަކީ ނުވަދިހަ ހަތެއް
އިންސައްތައެވެ.