ކުޅިވަރު

ކޮޕަޑެލްރޭ ފުޓްބޯޅަ މުބާރާތުގެ ކުއަޓަރ ފައިނަލަށް ބާސެލޯނާ




އެސްޕަންޔޯލް ބަލިކޮށް ކޮޕަޑެލްރޭ ފުޓްބޯޅަ
މުބާރާތުގެ ކުއަޓަރ ފައިނަލުން ބާސެލޯނާ ޖާގަ ހޯދައިފިއެވެ.  ސްޕެނިޝް ކޮޕަޑެލްރޭ ފުޓްބޯޅަ މުބާރާތުގެ
ދެވަނަ ބުރުގެ ދެވަނަ ލެގްގައި ރޭ އެސްޕަންޔޯލް ދަނޑުގައި އެޓީމްގެ މައްޗަށް ބާސެލޯނާ
ކުރިހޯދީ ދެލަނޑު ސުންލަނޑުންނެވެ.

މިމެޗްގައި ބާސެލޯނާގެ ދެލަނޑުވެސް
ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް މުނީރު އަލް ހަދައިދީއެވެ. އަނެއްކޮޅުން ރޭގެ މެޗްގައި ސަސްޕެންޝަނުގެ
ސަބަބުން ސުއަރޭޒް ނުކުޅޭއިރު، ނޭމާ، ބުސްކެޓް އަދި އިނިއެސްޓާއަށް ކޯޗް ވަނީ
އަރާމު ކުރަން ފުރުސަތުދީފައެވެ. މިއީ ކައިރިކައިރީގައި މިދެޓީމް ވާދަކުރި ތިންވަނަ މެޗެވެ.

މިދެޓީމް
ބާސެލޯނާ ދަނޑުގައި ކުޅުނު މެޗް ބާސެލޯނާ ކާމިޔާބުކުރީ ހަތަރު ލަނޑު އެއްލަނޑުންނެވެ.
އެހެން ކަމުން ކުއޓަރ ފައިނަލުން ބާސެލޯނާ ޖާގަ ހޯދާފައިވަނީ ހަލަނޑު އެއްލަނޑުގެ
ބޮޑު އެގްރިގޭޓަކުންނެވެ.